ހަބަރު

ޕާކު ކުރާނެ ގަރާޖެއް ނެތި ކާރުތަކަށް ހުއްދަ ދިން ވެރިންނަށް ފިޔަވަޅު އަޅަން ޖެހޭ: މޫސަ

ޕާކު ކުރާނެ ގަރާޖެއް ނެތް އިރު ކާރުތަކަށް ހުއްދަ ދިން ސަރުކާރުގެ އިދަރާތަކުގައި ތިބި ވެރިންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓުގެ ގަވައިދުގައިވާ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހުއްދަ ދެވޭނީ އެ އުޅަނދެއް ޕާކު ކުރާނެ ގަރާޖެއް އޮތް ކަމުގެ ލިޔުން އެ އޮތޯރިޓީއަށް ހުށަހަ:ޅައިގެނެވެ. ނަމަވެސް މިހާތަނާށް އައިއިރު އެއް ގަރާޖެއްގައި އެތަށް 100 ކާރެއް ރަޖިސްޓާ ކުރާ އިރު ވެސް، އެކަން ނުބަލާ އެ އޮތޯރިޓީ އިން ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ސަބަބުން ކާރުތައް ޕާކު ކުރަމުން އަންނަނީ މަގުމަތީގަ އެވެ.

ނަމަވެސް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ އިން އިއްޔެ އެ ގަވައިދު އިސްލާހުކޮށްފައި ވަނީ ރަޖިސްޓާކޮށްފައިވަ ގަރާޖު ނޫން އެހެންތަނެއްގައި ޕަކު ކުރާނަމަ އެ ފަރާތަކަށް ފިޔަވަޅު އަޅާ ގޮަތަށެވެ. އެކަމާ ގުޅޭ ގޮތުން މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާކު ކުރާ ޓެކްސީތަކަށް ފިޔަވަޅު އެޅުމުގެ ކުރިން އެ ފަރާތްތަކަށް ހުއްދަ ދިން ސަރުކާރުގެ އިދާރާގެ ވެރިންނަށް އަޅަން ޖެހޭ ކަމަށެވެ. ގަރާޖުތަކުގައި ރަޖިސްޓާކޮށްދެނީ އެތަށް ހާސް ރުފިޔާއެއް ދީގެން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.