އެޗްޑީސީ

ހުޅުމާލެ ހައިވޭ މިރޭ ދިއްލައިލަނީ

ސިނަމާލެ ބުރިޖާއެކު ތަރައްގީ ކޮށްފައިވާ ހުޅުމާލެ ހައިވޭ މިރޭ އެއްކޮށް ދިއްލާނެ ކަަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މިރޭ ވަގުތީ ގޮތުން ހުޅުމާލެ ހައިވޭ ދިއްލަނީ، ޓެސްޓް ކުރުމުގެ ގޮތުންކަމަ ށެވެ. ސެޕްޓެމްބަރު 7 ވަނަ ދަވަހު ސިނަ މާލެ ބުރިޖާއެކު ގުޅިފައިވާ މަގުތަށް ހުޅުވާލާ މާލެ ރިންގް ރޯޑް މަގުތަށް ރޭގަނޑު ދިއްލާފައިވީ ނަމަވެސް ހުޅުމާލެ ހައިވޭގެ ބޮޑު ބައެއް މިއަދާ ހަމައަށް ލައިޓުގެ މަސައްކަތް ނުނިމޭތީ ވަނީ ނުދިއްލިފަ އެވެ.

ހުޅުމާލެ ހައިވޭގައި އެންމެ ބާރުމިނުގައިވެސް ދުއްވުމުގެ ހުއްދަށް ދީފައިވަނީ، 50 ކިލޯ މީޓަރަ ށެވެ. މި ހައިވޭ އަކީ އެކްސިޑެންޓްތަށް ގިނަ ހައިވޭ އަކަށްވުމުން، ފުލުހުންވަނީ ސައިކަލުގައި ދުއްވާފައި ދާއިރު ހެލްމެޓް އަޅަން އިލްތިމާސްކޮށްފަ އެވެ. އެތަނުގައި ގިނަ އެގްސިޑެންޓްތަކެއް މިފަހުން ވެސް ވަނީ ހިނގައިފަ އެވެ.