ހަބަރު

ސިޓީ ޕާކު ހަދަން ރައްޔިތުންގެ ހިޔާލު ހޯދަނީ

ގަލޮޅުގައި ހުންނަ މާލޭގެ ސިޓީ ޕާކް (އެންސީ ޕާކް) ތަރައްގީ ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން ފޯރަމެއް ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭގެ މޭޔަރު މުހައްމަދު ޝިފާ ވިދާޅުވީ ސިޓީ ޕާކް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން އަންނަ ބުދަ ދުވަހު ފޯރަމެއް ބާއްވާ ކަމަށެވެ. އެ ފޯރަމް އޮންނާނީ ސިޓީ ޕާކުގެ ތެރޭގައި ކަމަށް ޝިފާ ވިދާޅުވި އެވެ.

ކުރިން ގިނަ ރެސްޓޯރަންޓުތަކެއް ހުންނަ ސިޓީ ޕާކު ހުސް ކުރުމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެތަން ތަފާތު ގޮތްގޮތަށް ތަރައްގީ ކުރުމަށް ނިންމި އެވެ. އެގޮތުން 2015 ވަނަ އަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ސަލްޓަން ޕާކުގައި ހެދި ލެޑް ގާޑެންގެ ގަސްތަކާއި އެއާ ގުޅޭ އެހެނިހެން ތަކެތި ބަދަލުކުރީ ސިޓީ ޕާކަށެވެ. އަދި ފަހުން އެތަން ޕޫލް ތީމް ޕާކެެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމި އެވެ. ނަމަވެސް އެ މަސައްކަތް ކުރިޔަށް ނުގޮސް އޮތީ ހުއްޓިފަ އެވެ.

އޭގެ ފަހުން މާލެ ސިޓީ ކައުންސިލް ތެރެ ސަފު ނުކޮށް، ގިނަ ބައެއްގެ ޝަކުވާތަކެއް ވެސް ކުރި އެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން ފަހުން ވަނީ އެތަން ސާފުކޮށްފަ އެވެ.