ހަބަރު

ލޮނުޒިޔާރަތް ޕާކު ނޮވެމްބަރ 11 ގައި ހުޅުވަނީ

މާލޭގެ ލޮނުޒިޔާރަތްކޮޅުގެ އަޑި ޕާކްގައި ތަރައްގީ ކޮށްފައިވާ "ލޮނުޒިޔާރަތް ޕާކު" ނޮވެމްބަރު 11 ގައި ހުޅުވަން ނިއްމައިފި އެވެ.

ސިޓީ ކައުންސިލްގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު މިއަދު ވިދާޅުވީ، މިމަހުގެ 11 ވަނަ ދުވަހު އެ ޕާކް ހުޅުވާނެ ކަމަށާއި ހުޅުވާއިރު ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.

ސިނަމާލެ ބްރިޖް ކައިރިން، އޮންނަ މި ޕާކު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޕާކްގައި ޕޮންޑަކާއި، ޕޮންޑް ހުރަސް ކުރެވޭ ގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑެއް ހިމެނޭ އިރު 300 އަށްވުރެ ގިނަ ބެންޗާއި، ކަސްރަތަށް ދުވާ ލޭނެއްގެ އިތުރުން ބައިސްކަލު ދުއްވާ ލޭނެއް ވެސް ހިމެނެެ އެވެ.