ހަބަރު

ވެލާނަ އެއާޕޯޓްގައި އެއް ދުވަސް ތެރޭ ރެކޯޑު އަދަދަކަށް ފްލައިޓު ޖައްސައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެއް ދުވަސް ތެރޭގައި ރެކޯޑު އަދަދަކަށް ފްލައިޓް ޖައްސައިފި އެވެ.

ވީއައިއޭ އިން ބުނީ އެއާޕޯޓުގެ ބޭނުން ކުރަން ފެށި ތާރީހުން ފެށިގެން މިއަދާ ހަމައަށް އެއާޕޯޓުގައި އެންމެ ގިނައިން ފްލައިޓު ބޭނުން ކޮށްފައި ވަނީ އިއްޔެ ކަމަށެވެ. އަދި މީގެ ކުރިން އިން އެއާ ޓްރެފިކް މޫވްމަންޓް (އޭޓީއެމް) ރެކޯޑު މުގުރާލާފައިވާ ކަމަށް ވީއައިއޭ އިން ބުންޏެވެ.

އެގޮތުން އިއްޔެ 110 އިންޓަނޭޝަނަލް ފްލައިޓު އަދި 102 ޑޮމެސްޓިކް ފްލައިޓް ޖައްސާފައި ވެއެވެ. އޭގެ އިތުރުން 517 ސީޕްލޭން ވެސް ޖައްސާފައިވެ އެވެ. އެއް ދުވަހެއްގެ ތެރޭގައި 729 އޭޓީއެމް ހަމަވެގެން ދިޔުމަކީ އެއާޕޯޓުގެ ދިގު ތާރީހުގައި އަލަށް ވެފައިވާ ކަމެއް ކަމަށާއި މީގެ ކުރިން ރެކޯޑު ކުރެވިފައިވާ އަދަދަކީ އެއް ދުވަހެއްގެ ތެރޭ 644 ކަމަށް ވީއައިއޭ އިން ބުންޏެވެ.

ފްލައިޓުތަކުގެ މޫވްމަންޓު ބެލެހެއްޓުމުގެ އިތުރުން އެއާޕޯޓުން އިން އިއްޔެ 17،723 އިންޓަނޭޝަންލް ފަސިންޖަރުންނާއި 4269 ޑޮމެސްޓިކް ފަސިންޖަރުންނަށް ހިދުމަތް ދިނިން ކަމަށް ވީއައިއޭ އިން ބުންޏެވެ. އަދި ސީޕްލޭންތަކުން 5500 ފަސިންޖަރުންނަށް ހިދުމަތް ދިން ކަމަށް ވެސް ވީއައިއޭ އިން ބުންޏެވެ.