އެޗްޕީއޭ

ހެލްތް އެޑްވައިޒަރީ ބޯޑު އެކުލަވާލައިފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހެލްތް އެޑްވައިޒަރުކަމަށް އަށް ބޭފުޅަކު މިއަދު ހޮޓަލް ޖެންގައި ބޭއްވި، ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ބޭއްވި ސިއްހަތަށް ރަނގަޅުނޫން ބާވަތްތަކާ މެދު ހޭލުންތެރި ކުރުވުމުގެ ރަސްމިއްޔާތުގަ އެވެ.

މި ބޯޑުގައި ހިމެނޭ މީހުނަށް މަގާމުގެ ލިޔުން ހަވާލުކޮށްދީ ފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. މި ބޯޑުގައި ހިމެނި ވަޑައިގަންނަވަނީ، ކުޅިވަރުގެ ދާއިރާގެ ހަރާކަތްތެރިވި މީހުނާއި، މީޑިއާގެ ހަރަކާތްތރިވެފައިވާ ފަރާތްތަކަ ށެވެ. މި ބޯޑު މެމްބަރުންގެ މައިގަނޑު ޒިންމާއަކީ، ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، ސަރުކާރަށް ލަފާ އެރުވުމެވެ.

މި ބޯޑުގައި ހިމެނި ވަޑައިގަންނަވާ މެމްބަރުންނަކީ:

1- ހެލްތް ޕްރެޓެކްޝަން އެޖެންސީ ގެ ފަރާތުން މައިމޫނާ އަބޫބަކުރު
2- މިނިސްޓިރީ އޮފް އެޑިޔުކޭޝަން ގެ ފަރާތުން ހުސެއިން ރަޝީދު
3- ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގެ ފަރާތުން ތޫމާ އާދަމް
4- މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ހަދީޖާ އަބްދުއް ސަމަދު
5- މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ފަރާތުން އަޒްމީ އަލީ
6- މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން އަހްމަދް މަރްޒޫކް
7- މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގެ ފަރާތުން ޑރ. ނިޔާޝާ އިބްރާހީމް
8- މޯލްޑިވްސް ބްރޯޑްކާސްޓިން ގެ ފަރާތުން އަހުމަދު ރާޝިދު