ހަބަރު

ވެމްކޯގެ އެމްޑީއަކަށް އާދަމް މުހައްމަދު އައްޔަންކޮށްފި

Dec 25, 2018
3

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އެމްޑީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ވެމްކޯ އިން ބުނީ، އެކުންފުނީގެ އެމްޑީގެ މަގާމަށް އާދަމް މުހައްމަދު މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ. އޭނާ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެންބަރެކެވެ.

ވެމްކޯގެ އެމްޑީގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވާފައިވާއިރު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިސްމާއިލް ހަމީދު ވަނީ އައްޔަން ކުރައްވާފަ އެވެ. އަދި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ޓީވީއެމްގެ ކުރީގެ ސީއީއޯގެ މަގާމު ވެސް އަދާ ކުރެއްވި އަލީ ހާލިދު ވަނީ މިއަދު އައްޔަން ކުރައްވާފަ އެވެ.