ވިޔަފާރި

އޮކްޓޫބަރު މަހުގެ އިންފްލޭޝަން 0.45 ޕަސެންޓް ދަށަށް

މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.45 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ގައުމީ ތަފާސް ހިސާބުތަކާ ބެހޭ އޮފީހުން ބުނެފި އެވެ.

ގައުމީ ތަފާސް ހިސާބުތަކާ ބެހޭ އޮފީސް ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯ (އެންއެސްބީ) އިން ބުނީ ސެޕްޓެމްބަރު މަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.68 ޕަސެންޓުގައި ކަމަށެވެ. އަދި މަހުގެ އަގުތަކަށް އައި ބަދަލު ނުލައި ބަލާނަމަ މި އަދަދު އުޅެނީ 0.59 ޕަސެންޓުގައި ކަމަށެވެ. މި އަދަދު ސެޕްޓެމްބަރު މަހު އުޅެނީ 0.29 ޕަސެންޓުގައި ކަމަށެވެ.

އޮކްޓޫބަރު މަހު ދަށްވި ތަކެތި

  • ތަރުކާރީ 23.82-
  • ކިރާއި ޗީޒް އަދި ބިސް 1.22-
  • އަންނައުނު 0.89-
  • ވީޑިއޯ އޯޑިއޯ ރެކޯޑް ކުރާ އާލާތްތައް 1.80-
  • ސައިކަލް 0.50-
  • ދުންފަތް 0.25-
  • މޭވާ 0.25-

އޮކްޓޫބަރު މަހު އިންފްލޭޝަން ދަށަށް ދިޔަނަމަވެސް އަހަރު ދުވަހަށް ބަލާނަމަ (2017 އޮކްޓޫބަރުން، 2018 އޮކްޓޫބަރު) މަހުގެ ނިޔަލަށް ވަނީ 0.04 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.