އަލޯރާ ފަރުނީޗަރު

އަލޯރާ އޮފީސް ފަރުނީޗަރުން އާ އަހަރަށް ހާއްސަ ސޭލެއް

އަހަރު ފަށަން ދާއިރު އާ ވިޔަފާރީގެ ހިޔާލުތައް ހުންނާނެ އެވެ. އެހެންމެ އާ ވިޔަފާރި ތަކެއް ވެސް ފެށިގެން ދާނެ އެވެ. އާ ވިޔަފާރިއެއް ފަށާނަމަ އާ އޮފީހެއް ވެސް ބޭނުންވާނެ އެވެ. ސުވާލަކީ މި އާ އޮފީހަށް ބޭނުންވާ "އޮފީސް ފަރުނީޗަރު" ލިބޭނީ ކޮން ތަނަކުން ހެއްޔެވެ؟ ހަމަ ގައިމު ވެސް މިހާރު އަލޯރާ އިން ފަށާފައިވާ ފަރުނީޗަރު ސޭލުގައި އެ ފަރުނީޗަރު ލިބެން އެ ހުރީ އެވެ.

ރަސްރަނި ބަގީޗާ ކައިރީގައި ހުޅުވާފައިވާ "އަލޯރާ އޮފީސް ފަރުނީޗަަރު" ފިހާރަ އިން ފެށި މި ހާއްސަ ސޭލުގައި އަގުތައް ވަނީ ބޮޑު ތަނުން ހެޔޮކޮށްލާފަ އެވެ. މިގޮތުން ގަންނަ ދޭ އޯޑަރުތަކުންނާއި ކާޑުން އަދި ނަގުދު ފައިސާ އިން ގަންނަ ނަމަ އަގު ހެޔޮވެގެންދެ އެވެ. ޕާޗެސް އޯޑަރުތަކާއ ކާޑުން ވިޔަފާރި ކުރާނަމަ 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ނަގުދު ފައިސާ، ފައިސާ ދައްކާނަމަ 25 ޕަސެންޓް ލިބޭނެ އެވެ.

މިއީ އޮފީސް ފަރުނީޗަރު ބަދަލުކޮށްލަން ލިބިގެންދާނެ ރަނުގެ ފުރުސަތަކަށް ނޫނީ ނުވާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ މިމަހުގެ 25 އިން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގައި އޮފީސް ފަރުނީޗަރުގެ އެންމެ ބޮޑު ރޭންޖު ވިއްކާ އަލޯރާ އޮފީސް ފިހާރަ އިން ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި އޮފީސް ތަކަށް ބޭނުންވާ ތިޖޫރީ އާއި ކަބަޑާއި ޝެލްފް އަދި ސްޓޯރޭޖުގެ އިތުރުން އޮފީސްތަކަށް ހާއްސަ ސެޓުތައް ހިމެނެ އެވެ.