ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސްތައް ހުރިހާ ރަށަކުން ލިބޭ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ލެއާ ބެހޭ ގައުމީ ވައްދު އިފްތިހާތު ކުރުމުގެ ގޮތުން ޗަންޕާ ސެންޓަރަލް ހޮޓަލް ގައި ބޭއްވި ރަސްމިއްޔާގައ، މިނިސްޓަރު ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ދާއިމީ ގޮތައެއްގައި ލިބި ދިިނުމަށްޓަކައި، ބޭނުންވާ ބޭސްތަށް ހޯދުމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން، އެސްޓިއޯ ގެ ހުރިހާ ބޭސް ފިހާރަތަކުން މިހާރު ލިބިގެންދާނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަ ށެވެ.
"މިކަން ކުރުމުގައި އަޅުގަނޑުމެން ކުރި މިމަސައްކަތް ދާއިމީ ގޮތެއްގައި ލިބިދޭންޖެހޭ އެކުދިންނަށް، އެހެންވެ އެސްޓިއޯ އާ ވާހަކަ ދައްކާ އެސްޓިއޯ ބޭސް ފިހާރަ ތަކުން ލިބޭގޮތް މިހާރުވަނީ ހަދާފައި" މިނިސްޓަރު ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ލޭ ރައްކާ ކުރެވޭ ނިޒާމެއް އަތޮޅު ތަކުގެ ހޮސްޕިޓަލު ތަކުގައި ގާއިމް ކުރެވިފައިވީ ނަމަވެސް ހުރިހާ އަތޮޅު ތަކެއްގެ ހޮސްޕިޓަލުގައި ލޭ ރައްކާ ކުރުމުގެ ނިޒާމު ގާއިމް ކުރެވިފައިނުވާ ކަމަ ށެވެ. އަމީން ވިދާޅުވީ ލޭ ރައްކާ ކުރުމުގެ ނިޒާމު ގާއިމް ކުރެވެން ނެއް ރަށް ރަށުގައި މޯލްޑިވްސް ބްލަޑް ސާވިސް އާ ގުޅިިގެން އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން ދާކަމަ ށެވެ. އަދި މީގެ އިތުރުން ރާއްޖެ އަލަށް އަންނަށް ޑޮކްޓަރުންނަށް އަމާޒު ކޮށްގެން ރާއްޖޭޭގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ކުރާގޮތުގެ މައުލޫމާތު ދޭނެކަމަ ށެވެ.
"އަތޮޅު ތަކުގައި ލޭ ރަައްކާ ކުރިޔަސް އަދި ހުރިހާ އަތޮޅު ތަކުގައި މިމަސައްކަތް ކުރިޔަކަށް ނުދޭ" މިނިސްޓަރު ވިދާޅުވި އެވެ.
ލެޔާ ބެހޭ ރިޔާސީ ވައުދުގެ ދަށުން، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް، ލޭ އެޅުމަށް ބޭނުންކުރާ ފިލްޓަރުވެސް ވެސް ހުރިހާ ރަށާކުން ލިބޭނެ އިންތިޒާމު ހަމަޖައްސާ، ތެލެސީމިއާ ކުދިންގ އަދަދު މަދަު ކުރުމަށްޓަކާ ގައުމީ ފެންވަރުގައި ހޭލުންތެރި ކުރުވުމުގެ ޕްރްގްރާމް ފެށުމަށްވެސް ވަނީ ނިންމާފަ އެވެ.