ހަބަރު

ފަތުހު ހައްޖު ގްރޫޕާ ދެކޮޅަށް ކޯޓަށް ދަނީ

ހައްޖަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި އެ ފަރާތްތައް ހައްޖަށް ގެންގޮސްދީފައި ނުވާތީ، އަލް ފަތުހު ހައްޖު އެންޑް އުމްރާ އަ ދެކޮޅަށް ދައުވާ ކުރަން ލިޓިކާ ލޯ އެސޯސިއޭޝަން އިން ނިންމައފި އެވެ.

ނޫސް ބަޔާނެއް މެދުވެރިކޮށް ލިޓިކާ އިން ބުނީ ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ 72 މީހެއްގެ އަތުން އަލްފަތުހު ފައިސާ ނެގި ނަމަވެސް އޭގެ ތެރެއިން ބައެއް މީހުނަށް ހައްޖުގެ އިންތިޒާމު ހަމަޖައްސައިދީފައި ނުވާތީ އެކަން މެދުވެރިވި ބައެއް ފަރާތައް އެ ލޯފާމަށް ގޮސް އަލް ފަތުހު ގުރޫޕަށް ދެއްކި ފައިސާ އަނބުރާ ހޯދައި ދޭން މަސައްކަތް ކޮށް ދިނުމަށް އެދިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ފައިސާ ދެއްކުމަށް ފަހު ހައްޖަށް ނުދެވި ތިބި އިތުރު މީހުންވެސް ތިބުމުން އެ މައްސަލަ ހުށައަޅަން ބާރު އަޅާ ކަމަ ށެެވެ. އެ ލޯފާމުން ބުނެފައިވަނީ، މި މައްސަލައިގައި ދައުވާ ކޮށްދޭނީ ހިލޭ ކަމަ ށެވެ.

ފަތުހާ ހައްޖު އެންޑް އުމްރާ ގްރޫޕުން ވަނީ ދޫކުރި 125 ކޯޓާއަށް ވުރެ އިތުރަށް ހައްޖަށް ގެންދާނެ ކަމަށް ބުނެ 72 މީހުންގެ އަތުން ފައިސާ ނަގާފަ އެވެ. ސަރުކާރުން ވިސާ ދޫކޮށްފައިވަނީ 125 މީހުންނަ ށެވެ. މި މައްސަލަ ދިމާވެގެން 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެ 72 މީހުނަށް ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިފަ އެވެ.