ވިޔަފާރި

އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ރާއްޖެ އަށް

އެއާޕޯޓުގައި ޕްރައިވެޓް ޖެޓްތަކެއް ވީއައިއޭގައި ޕާކުކޮށްފައި:. -- ފޮޓޯ: ސޯޝަލް މީޑިޔާ
100%
0%
0%

އާ އަހަރު ފާހަގަ ކުރަން އަންނަ މަހުޖަނުން ގޮވައިގެން ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ރާއްޖެ އަންނަން ފަށައިފި އެވެ.

ރާއްޖެ އަށް ޕްރައިވެޓް ޖެޓް ގެންނަ ކުންފުނިތަކުން ބުނާ ގޮތުގައި މިދިއަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. މީގެ ތެރޭގައި މަޝްހޫރު ތަރިންނާއި މިލިއަނުން އަދި ބިލިއަނުން ބޭނުންކުރާ ޖެޓްތައް ހިމެނެ އެވެ.

ރާއްޖެ އަށް ޕްރައިވެޓް ޖެޓް ގެންނަ ސްކައި ޓްއާސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޒިމް ބުރާސްފަތި ދުވަހު ވިދާޅުވީ މި އަހަރު ވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ރާއްޖެ އަންނަން ފަށާފައިވާ ކަމަށެވެ.

"މިހާރު މި ވާހަކަ ދައްކާއިރު ވެސް 12 ޖެޓް އެބައޮތް ރާއްޖޭގައި. ޖެޓްތައް ގެންނައިރު އަބަދު ވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ އެއާޕޯޓުގައި ޖާގަ ނެތުން. އެހެންވެ ބައެއް ފަހަރު މާމިގިއްޔަށް ވެސް ޖެޓްތައް ފޮނުވާލަންޖެހޭ ފަހަރު އާދެ،" ނާޒިމް ވިދާޅުވި އެވެ.

އެހެން ކުންފުންޏަކުން ބުނީ މި އަހަރުވެސް މިދިޔަ އަހަރާ އަޅާބަލާއިރު ރެކޯޑް އަދަދަކަށް ޕްރައިވެޓް ޖެޓްތައް އާ އަަހަރުގެ ފެށުމާ ދިމާކޮށް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖެ އަށް ބޮޑެތި ސުޕަ ޔޮޓުތަކުން ހައި ޕްރޮފައިލް މީހުން ގެންނަ މާޔާގެ އޮފިޝަލަކު ވިދާޅުވީ މި އަހަރު ވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތަކެއް އަންނާނެ ކަމަށެވެ. ނަމަވެސް އަންނަ އަދަދެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

"ހައި ޕްރޮފައިލް މީހުން ރާއްޖެ އަންނަމުން އެބަދޭ. މީގެތެރޭގައި ސެލެބްރިޓީން ވެސް ހިމެނޭ. މިއީ ހަގީގަތުގައި އާމްދަނީގެ ގޮތުގައި ރާއްޖެއަށް ބޮޑު އަދަދެއް ވަންނަ ސެގްމަންޓެއް،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ.

ޕްރައިވެޓް ޖެޓް ޕާކު ކުރުމަކީ ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭ ހިދުމަތެވެ. އަދި ކޮންމެ އަހަރެއްގެ ވެސް ހާއްސަ ދުވަސްތަކާ ދިމާކޮށް ރާއްޖެއަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް އާދެ އެވެ. މި އަހަރުގެ އީސްޓާ ހޮލިޑޭސްއާ ދިމާކޮށް 29 ޖެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކުރި އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާ އަހަރު ފާހަގަ ކުރަން 140 އަށްވުރެ ގިނަ ޕްރައިވެޓް ޖެޓް އައިސްފައިވެ އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަލާމްގައުމު

ޝުކުރިއްޔާ ރައީސް ވަހީދު. މަނިކުފާނުގެ ހިތްވަރުގަދަކަމުން ރާއްޖޭގެ އެއަރޕޯޓު ދިވެހިންނަށް އަނބުރާ ހޯއްދަވައި ދެއްވީތީ.

އަބީދު

ވެލާނާގޭ އިބްރާހިމް ނާސިރުގެ އުފެއްދުމެއް

ކިއްލި

ރާއްޖެއޭ؟ އޯހ، ތިޔާބުނީ ކ.މާލޭ އެއާޕޯޓުގެ ވާހަކަ ދޮތަ!

މުބީން މާރނީ

އައްނި ކުރި ވަރަށް ބޮޑު ގޯސް ކަމެއް. އައިޖީއެމްއެޗް ވެސް އަދިވެސް މަރާމާތު ކުރާހާ ވަނީ. ބައެއްތަންތަނުން ލީކު ވެސް ވޭ. އިންޑިޔާ މީހުން ނާއި ޗައިނާ މީހުންނާއި ސިންގަޕޯރ މީހުން ނާއި އިނގިރޭސިންގެ ތަފާތު ވެރިއަކަށް ވިއްޔާ އިނގެންޖެހޭނެ. "މިވެނި ކަރައެއްގެ" ބަޔަކީ ކޮންމެގޮތެއްވަރިހަމަ، ފަރުވާކުޑަ، މަކަރަކުން ކޮންމެ ކަމެއްވެސް ކުރަން އުޅޭ ބައެއް. މިއީ މުޅި ދުނިޔެ ވެސް ދަންނަ ކަމެއް.

ރާއްޖެ

ޝުކުރިއްޔާ ޔާމީން. 400 މިލިޔަން ޑޮލަރަށް އެއަރޕޯޓް އިންޑިއާގެ ކަރީ ވަސްގަނޑުން ސަލާމަތް ކުރީތީ.

ރަބިޝް

ހެހހެ ތީ ރައީސް ވަހީދު އެއަރޕޯޓު އަނބުރާ ހޯދުމުން އެކަންވެސް ބަދަލުކޮށްލައިގެން ތިމަންނާ ކުރިކަމެކޭ ކިޔައިގެން މެޑެލް ޖެހިމީހެއްގެވާހަކަ ތިކިޔަނީ. ރަބިޝް

އަލީ އާމިރު

އަވަހަށް އުޅޭ އެއަރޕޯޓް ވިއްކާލަން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910