ބޭންކް އޮފް މޯލްޑިވްސް

އާ އަހަރާ ދިމާކޮށް ބީއެމްއެލް ދެ ދުވަހަށް ބަންދު

އާ އަހަރާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ދެ ދުވަހަށް ބަންދުކުރަން ނިންމައިފި އެވެ.

ބީއެމްއެލް ބުނެފައިވަނީ ދެ ދުވަހަށް އެ ބޭންކުގެ ބްރާންޗުތަށް ބަންދުކޮށްފައި ބެހެއްޓި ނަމަވެސް އޭޓީއެމް ބޭންކަށް ގުޅައިގެންނާއ، ވައިބާ އަދި މެސެންޖާއިން ކަސްޓަމާ ސާވިސްގެ ހިދުމަތް ލިބެންހުންނާނެކަމަ ށެވެ.

ބީއެމްއެލް އިން ބުނެފައިވަނީ ބްރާންޗު ތަކުގެ ހިދުމަތް އަލުން ފަށަން ހަމަޖެހި ފައިވަނީ، އަންނަށް އަންގާރު ދުވަހު ކަމަށެވެ. މި ދޭތެރޭގައި ބޭންކުގެ ބްރާންޗުތަކުން ހިދުމަތް ނުލިބޭނެތީ ކަސްޓަމަރުން ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.