މާލެ ލޯކަލް މާރުކޭޓްގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ތަރުކާރީތަކެއްގެ މަތިން ހިކަންޖެއް ދުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ދައުރުވާން ފެށުމާއެކު މީހުންގެ ފާޑިޔުންތައް އަމާޒުވެއްޖެ އެވެ.
އިއްޔެގެ ވަގުތެއްގައި ޓުވީޓާއަށް އަޕްލޯޑް ކޮށްފައިވާ އެ ވީޑިއޯ އިން ފެންނަނީ ގޮޅިއްއްގައި ވިއްކަން ބަހައްޓާފައިވާ ބަރަބޯ ތަކެއްގެ މަތިން ހިކަންޖެއް ދުވާ މަންޒަރެވެ.
މިކަމާ ކަންބޮޑުވެ، އެކަން އާންމުންގެ ސަލާމު ކަމަށް ގެނައި މީހާ ބުނެފައި ވަނީ މާރުކޭޓުތަކުގެ ހާލަތު ވަރަށް ދަށް ކަަމަށެވެ. މާރުކޭޓު ގޮޅީގައި ކޭޝިއަރަކަށް ބަހައްޓާފައި ހުންނަ ބޭރު މީހާ މިފަދަ ކަންތަށް ސީރިޔަސް ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި މިއީ އާއްމުކޮށް މާރުކޭޓުން ފެންނަށް މަންޒަރެއް ކަަމަށް އެހެން މީހަކު ބުނެފައިވެ އެވެ.
ދައުރުވަމުން އަންނަ އެ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުމާއި ކަންބޮޑުވުންތައް ސޯޝަލް މިޑިއާގެ ތެރެއަށް މިހާރު ވަނީ ބަންޑުން ކޮށްލާފަ އެވެ.
މީގެ ކުރިން މާލޭ ފިހާރެއްގައި ވިއްކަން ބަހައްޓާފައި ހުރި ތަރުކާތީތަކެއް މަގުމަތީ ހެދިފައިވާ ޗަކަ ފެނުން ދޮވުނު މައްސަލައެއް ހޫނުވިއިރު، ވަޅޯ މަސް މާރުކޭޓޫން މީދާ އަދި ބުޅާ ފެންނަށް މައްސަލައެއް ވެސް ބޮޑުވި އެވެ.