ވިޔަފާރި

އެއާޕޯޓަށް ތެޔޮ ރައްކާކުރާ ބިޔަ ތާންގީތައް ބަނދެ ނިމުމާ ހަމަޔަށް

ވެލާނާ އެއާޕޯޓުން: މުހައްމަދު އަފްރާހު
Dec 29, 2018
6
ވީއައިއޭ 29، ޑިސެމްބަރު 2018: ބައެއް ފިއުލް ފާމްގެ މަސައްކަތް ނިމިފައި :- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތެޔޮ ރައްކާ ކުރަން ބަންނަ ބިޔަ ތާންގީތަކުގެ ބައެއް ނިންމައިފި އެވެ.

ވީއައިއޭ މަޝްރޫއު ކުރިއަށްދާ ގޮތް މިއަދު ވަނީ ދައްކާލިއިރު އެންމެ ބޮޑަށް ފާހަގަވީ ތެޔޮ ރައްކާ ކުރަން އެއާޕޯޓުގައި ބަންދަމުން ގެންދާ ތާނގީތައް ވަރަށް ބޮޑަށް ނިމިފައިވާ ކަމެކެވެ. މި ފިއުލް ފާމްއަކީ 45،000 މެޓްރިކް ޓަނުގެ ކެޕޭސިޓީ ހުރެ އެވެ. މިތަނުން ކޮންމެ ޓޭންކްއަކަށް 15،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. ނަމަވެސް މިހާރުގެ އެއާޕޯޓުގެ ފިއުލް ފާމް އަށް 15،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. މި މަޝްރޫއު ނިމުމާއެކު މައި އެއާޕޯޓުގެ ތެޔޮ ރައްކާ ކުރުމުގެ ކެޕޭސިޓީ 60،000 މެޓްރިކް ޓަނަށް އިތުރު ވެގެންދާނެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގައި މިއަދު މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ނިޔާޒު ވިދާޅުވީ ތިން ޓޭންކުގެ ތެރެއިން ކޮންމެ ޓޭންކެއްގައި 15،000 ކިއުބިކް މީޓަރު ހުންނައިރު، އެއް ޓޭންކް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ދެވަނަ ޓޭންކުގެ އެންމެ ފަހު ބައި އިންސްޓޯލް ކުރާނެ ކަމަށެވެ.

"އަނެއް ޓޭންކުގައި އެދަނީ ރޫފް ޕެއިންޓިންގެ މަސައްކަތް. މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ދާނަމަ އޮގަސްޓް މަހަށް މަސައްކަތް އެއްކޮށް ނިމޭނެ،" ނިޔާޒު ވިދާޅުވި އެވެ. "މިތަން މި ހަދަނީ އިތުރު ދެ ޓޭންކް، 25 އަހަރު ފަހުން އިތުރު ކުރެވޭނެ ޖާގަ ބާއްވައިގެން."

މައި އެއާޕޯޓުގައި މިހާރު މައިދިންދާ ބޯޓު ފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތް ދެނީ ތެޔޮ ލޮރީގައި ގޮސް ފްލައިޓަށް ތެޔޮ އަޅާގޮތަށެވެ. ނަމަވެސް މިހާރު ބަންނަ ޓޭންކްތައް ނިމުމާއެކު މުޅި އެއާޕޯޓުގައި ތެޔޮ ހޮޅި އަޅައި، ފަސޭހަކަމާއެކު ބޯޓު ފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

ވީއައިއޭ 29، ޑިސެމްބަރު 2018: ބައެއް ފިއުލް ފާމްގެ މަސައްކަތް ކުރިއަށް ދަނީ: އަހުމަދު ޝުރާއު | އަވަސް

ނިޔާޒު ވިދާޅުވީ މި ޓޭންކްތައް ނިމިގެންދާއިރު ފިއުލް ފާމް ހިމެނޭ ސަރަހައްދުގައި ގިނަ ފަސީލަތްތަކެއް ގާއިމް ކުރެވޭނެ ކަމަށެވެ.

"މިތަން ނިމޭއިރު ވަރަށް ބޮޑު ޖެޓީ ހެދޭނެ. މި މަސައްކަތް މާޗް މަހު ފެށޭނެ. މިއާއެކު މޫދުގައި އެޅޭނެ އިންޓަނޭޝަނަލް ކޯޑްގެ ފަޔަރު ފައިޓިން ޕްލެޓް ފޯމެއް އެޅޭނެ. މިއީ ސީވޯޓާއިމް ކޮންޓިނިއުސް ފެން ލިބޭނެ ނިޒާމެއް،" ނިޔާޒު ވިދާޅުވި އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ކުރާނެ އެވެ. މި މަޝްރޫއުތަކުގެ ބޮޑުބައެއް މި އަހަރު ނިންމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910