ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

ނުވަ ޗާޓަރާއެކު ރާއްޖެ އަށް 28 އެއާލައިނެއް ދަތުރު ކުރޭ

ރާއްޖެއަށް ޔޫރަޕުން އަންނަ ލުފްތަންސާ އެއާލައިނުން މީހުން ފައިބަނީ: ޔޫރަޕުން ލުފްތަންސާ އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖެއަށް މިދިޔަ މެއި މަހުގެ ނިޔަލަށް ނުވަ ޗާޓަރާއެކު 28 އެއާލައިންއަކުން ދަތުރު ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ "ޓޫރިޒަމް ބްލެޓިން" ގެ މެއި މަހުގެ އަދަދުގައިވާ ގޮތުން ރާއްޖެއަށް 28 އެއާލައިނެއް އަންނައިރު އޭގެ ތެރެއިން ނުވަ އެއާލައިން އަންނަނީ ޔޫރަޕުންނެވެ. އަދި އަދި ހަ އެއާލައިން ސީދާ މެދުއިރުމަތިން ފްލައި ކުރާއިރު އިންޑިއާ އިން މިހާރު އަންނަނީ ހަތަރު އެއާލައިނެކެވެ. އިންޑިއާ އިން ރާއްޖެއަށް ދަތުރު ކުރަނީ އެއާ އިންޑިއާ އާއި ގޯއެއާ އަދި އިންޑިގޯ އާއި އެއާވިސްޓާ އެވެ.

ޔޫރަޕުން އަންނަ އެއާލައިންތައް

  • އެއޮރޯފްލޯޓް
  • އެއާފްރާންސް
  • އޮސްޓްރޭލިއަން އެއާލައިންސް
  • އަޒޫރު އެއާ ރަޝިއާ
  • ބްރިޓިޝް އެއާވޭސް
  • ކޮންޑޯ
  • ސުވިސް އެއާ
  • ލުފްތަންސާ
  • ޓާކިޝް އެއާލައިން

ރާއްޖެއަށް މިހާރު ޗާޓަރު ދަތުރުތަކުގެ ގޮތުގައި ހަތް އެއާލައިނަކުން ދަނީ ދަތުރު ކުރަމުންނެވެ. މިހާރު ރާއްޖެއަށް ޗާޓަރު ދަތުރު ކުރަމުން ގެންދަނީ އެއާ އަސްތާނިއާ އާއި އަޒޫރުއެއާ ޔޫކްރެއިން އަދި ސްކަޓް އެއާލައިންގެ އިތުރުން ޔޫކްރެ އިން އިންޓަނޭޝަނަލް އެއާލައިން އާއި ލޮޓް ޕޮލިޝް އެއާލައިން އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މެއި މަހުގެ ނިޔަލަށް ރާއްޖެއަށް 454،383 ޓޫރިސްޓުން އައިސްފައިވެ އެވެ. މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ ރަޝިއާ އެވެ. އެ ގައުމުން މިހާތަނަށް 105،924 ޓޫރިސްޓުން އައިސްފައިވެ އެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 23.3 ޕަސެންޓް ހިއްސާ ކުރެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިންޑިއާއިން މިހާތަނަށް އައިސްފައިވަނީ 89،424 ޓޫރިސްޓުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މޯޖީ

ޗާޓަރ ރު ފްލައިޓް އެއް ނޫން މަސްއަލަ އަކީ އިންޑިއާ ގެ އެއަ ރލައިތައް ރާއްޖެ އައުމާ އިންޑިއާ މީހުން ރާއްޖެ އައުން. އިންޑިއާ އެއަ ރލައިންތ ރާއްޖެ އައުން ހުއްޓުވަން ޖެހޭ އަދި އިންޑިއާ މީހުނައް ވިސާ ދިނުން ހުއްޓަލަން ޖެހޭ ކޮވިޑް ކޮންޓް ރޯލް ކު ރެވި ކަން ކަން ހަމައަކައް އެޅެން ދެން. އިންޑިއަން ވޭ ރިއަންޓް ފެތު ރޭ މިންވަ ރު 3 ގުނަ އިތު ރު

ރަންނަ

އިންޑިއާ މީހުންނަށް ވިސާ ނުލިބޭ މިހާރު. ވާނުވާ ބަލާފަ ކޮމެންޓް ކުރައްވާ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910