ހަބަރު

ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ އުފައްދައިފި

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)، ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އުފަައްދަވައިފި އެވެ.

އެ އިދާރާ އުފައްދާފައިވަނީ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.

އެ އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ޑިފެންސުގެ ބެލުމުގެ ދަށުން ހިނގަމުންދާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.

މީގެ ކުރިން ކާރިސާގެ ކަންކަން ބަލަމުން ގެންދިޔައީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުންނެވެ. އަދި ޑިފެންސްގެ ދަށުން ހިނގާގޮތަށް އެންޑީއެމްއޭ މިއަދު އުފެއްދުމާ ގުޅިގެން، 2004 ގައި އުފައްދާފައިވާ ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރު ވަނީ އުވާލާ އެ ސެންޓަރުގެ ހުރިހާ މުވައްޒަފުން ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީއަށް ބަދަލުކޮށްފަ އެވެ.