ވިޔަފާރި

ގިނަ އުފެއްދުންތަކާ އެކު ޔޫރޯސްޓޯރުގެ އާ ފިހާރައެއް މާލޭގައި

ޔޫރޯ މާކެޓިން އިން ވިއްކާ ހުރިހާ އުފެއްދުމަކާއެކު މުޅިން އާ ފިހާރައެއް ހެންވޭރުގައި ހުޅުވައިފި އެވެ.

ޔޫރޯ މާކެޓިންގެ އެއް ޑިރެކްޓަރު ކަމަށްވާ އަލީ ވަސީމް ވިދާޅުވީ އެ ކުންފުނިން އާ ފިހާރައެއް ހުޅުވި ސަބަބަކީ ކަސްޓަމަރުންނަށް ފަސޭހައިން އެކްސެސް ވެވޭނެ މާހައުލެއް ދިނުން ކަމަށެވެ.

"މި ފިހާރައިގައި ތަނަވަސް މާހައުލެއް އޮންނާނެ. އެހެންވެ، ކަސްޓަމަރުންނަށް ފަސޭހަ ވެގެންދާނެ،" ވަސީމް ވިދާޅުވި އެވެ.

ޔޫރޯސްޓޯރުގެ އާ ފިހާރަ ހުޅުވާފައިވަނީ މަޖީދީމަގުގައި ހުންނަ ލެސޫކް ރެސްޓޯރެންޓާއި ޖެހިގެން އެވެ.

ވަސީމް ވިދާޅުވީ މި ފިހާރަ އިން ޔޫރޯ ސްޓޯރުން ވިއްކާ ހުރިހާ މުދަލެއް ފެންނަން ހުންނާނެ ކަމަށެވެ.

"ބަދިގެއަށް ބޭނުންވާ ސާމާނާއި އެހެން ބާވަތްތައް ވެސް ލިބެން ހުންނާނެ،" ވަސީމް ވިދާޅުވި އެވެ.

ޔޫރޯ މާކެޓިން އިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަ ފިހާރައެއް ހިންގަ އެވެ. މި ފިހާރަތައް ހުރި ރަށްރަށުގެ ތެރޭގައި ފުވައްމުލަކާއި ކުޅުދުއްފުށި އައްޑޫ އަދި ހުޅުމާލޭގެ އިތުރުން މާލެ ހިމެނެ އެވެ.