ބޭރު ކުޅިވަރު

ޔުނައިޓެޑް ދޫކޮށްލުމުގެ ވިސްނުމެއް ނެތް: ޑިމަރިއާ

މިދިޔަ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ 11 އިން ޖާަ ގެއްލުނު ނަމަވެސް، އެ ކްލަބު ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް އާޖެންޓީނާގެ މިޑްފީލްޑަރު އަންހެލް ޑިމަރިއާ ބުނެފި އެވެ.

ރެއާލް މެޑްރިޑް އިން ޔުނައިޓެޑަށް މިދިޔަ އަހަރު 59.7 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި ޑިމަރިއާ ބަދަލުވީ އެ އަހަރު ރެއާލްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، އާޖެންޓީނާގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ. ރަނގަޅު ފޯމެއްގައި ޑިމަރިއާ ޔުނައިޓެޑްގެ ކެރިއަރު ފެށި ނަމަވެސް، ސީޒަންގެ ފަހުކޮޅު އޭނާ އަށް ވަނީ ޔުނައިޓެޑްގެ ފުރަތަމަ 11 އިން ޖާގަ ގެއްލިފަ އެވެ.

އެކަމަކު ޑިމަރިއާ ބުނީ ޔުނައިޓެޑްގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ރަނގަޅު ތަޖުރިބާއެއް ނުކުރެވުނު ނަމަވެސް، އެ ކްލަބް ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ރެއާލް މެޑްރިޑަށް ކުޅުނުއިރު ސަޕޯޓަރުންގެ ނުރުހުން އަމާޒުވޭ ބައެއް ފަހަރު. އެކަމަކު އަހަރެން ހިތްވަރުކޮށްގެން، އަހަރެންގެ ފެންވަރު ސާބިތުކޮށްދިނިން. އުނދަގޫ ދަނޑިވަޅުތަކާ ކުރިމަތިލައި، ކުރި ހޯދަން އަހަރެން ބޭނުންވޭ،" ޑިމަރިއާ ބުންޏެވެ.

ޑިމަރިއާ ބުނީ ބެންޗުގައި އިންނަންޖެހުމަކީ އޭނާ އަށް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

"އަހަރެން ފެށީ ވަރަށް ރަނގަޅަށް. ގޯލްތަކާއި އެސިސްޓްތަކާއެކު. އެކަމަކު ފަހުން އަހަރެން ބާކީވީ. އަހަރެން ވެސް ގަބޫލްކުރަން އަގުބޮޑު ކުޅުންތެރިއކަށްވިޔަސް ފުރަތަމަ 11 އިން ކޮންމެހެން ޖާގަދޭކަށް ނުޖެހޭކަން. އެކަމަކު ބެންޗުގައި އިންނަންޖެހުމަކީ ވަރަށް އުނދަގޫކަމެއް،" ޑިމަރިއާ ބުންޏެވެ. -- އީއެސްޕީއެން