މާލޭ ސިޓީ

ވެލާނާގެ ކައިރީ އިތުރު ޕާކިިން ޒޯނެއް ހަދައިފި

ގިނަ އަދަދެއްގެ ސައިކަލް ޕާކް ކުރެވޭ ގޮތަށް ސަރުކާރުގެ އޮފީސް އެކުވެނި، ވެލާނާގޭގެ ކައިރީގައި އާ ޕާކިން ޒޯނެއް މާލޭ ސިޓީ ކައުންސިލުން ހުޅުވައިފި އެވެ. އަލަށް ހެދި ޒޯނުގައި 120 ސައިކަލް ޕާކް ކުރެވެ އެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ސަރަހައްދަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަށް ސަރަހައްދަކަށް ވުމުން އިތުރު ޕާކިން ޒޯނެއް އެ ސަރަހައްދަށް ބޭނުންވާ ކަމަށެވެ.

ޕާކިން ޒޯން ހުޅުވުމަށްފަހު މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ޓްވީޓާގައި ވިދާޅުވެފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ތައާރަފް ކޮށްދެއްވި މެކޭނިކަލް ޕާކިން ސިސްޓަމުން އެ ސަރަހައްދުގައި ޕާކު ކުރުމުގައި ހުރި ދަތިތަކަށް ހައްލު ލިބިފައިނުވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޓީވީއެމް "ރާއްޖެ މިއަދު" ޕްރްގާރަމް ގައި ވިދާޅުވީ ޕާކު ކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން މާލެއިން ބެއެއް ބިންތަށް ހުސްކޮށް ޕާކިން ޒޯން ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.