މޯލްޑިވްސް ޕޮލިސް ސާވިސް

ބަނގުރާ ކައްކާ ގިނަ އަދަދެއްގެ ސާމާނު އަތުލައިފި

އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ބަނގުރާ އުފައްދަން ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެތި ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ އުފައްދަން ބޭނުން ކުރާ ބާވަތްތައް ފުވައްމުލަކުން ހޯދުމުގެ އިތުރުން ސ. ހުޅުމީދޫގެ ފަޅު ގެއެއްގެ ތެރެއިން ވެސް އެފަދަ ތަކެތި ވަނީ އަތުލާފަ އެވެ.

މި ދެ އޮޕަރޭޝަންގައި ވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.