މޯލްޑިވްސް ޕޮލިސް ސާވިސް

ތޫނު ހަތިޔާރު ގެންގުޅުނު ކުއްޖަކު ހައްޔަރުކޮށްފި

Feb 12, 2020
2

ތޫނު ހަތިޔާރު ގެންގުޅުނު ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުުހުން ބުނީ ދެކުނުގެ ރަށަކަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ތޫނު ހަތިޔާރު ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެކުއްޖާ އުޅޭ ގެ ބަލާ ފާސްކޮށް ތޫނު ހަތިޔާރުތަކެއް ފެނުމާއި ގުޅިގެން އެ ކުއްޖާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއަދު ކުރިއަށް ގެންދިޔަ ބަލާފާސްކުރުމުން އެ ކުއްޖާ ދިރިއުޅޭ ގެއިން ހަތަރު ވަޅިއާއި ދަނބުކުލައިގެ ހޮޅިބުރިއެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"މިމައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން." މީޑިއާ އޮފިސަރު ވިދާޅުވިއެވެ.