ކަސްޓަމްސްގެ ހިދުމަތް އަވަސް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހިދުމަތުގެ ލުއި ފަސޭހަތަކެއް ހޯދައި ދޭނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސްގެ ކޮމިޝަނާޖެނެރަލް އަހުމަދު ނުއުމާން މިއަދު ވިދާޅުވީ ހިދުމަތް އަވަސް ކުރުމަށް 24 ކަމެއް ހަ ކެޓަގަރީއަކަށް ބަހާލައިގެން ކުރާނެ ކަމަށާއި އެކަންކަން ތިން މަސް ދުވަސް ތެރޭ ނިންމާނެ ކަމަށެވެ
އޭނާ ވިދާޅުވީ އެ މަސައްކަތަކާއެކު އިމްޕޯޓް އެކްސްޕޯޓްގެ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ބަނދަރުތަކުން މުދާ ބޭލުމުގައި ފުރިހަމަ ކުރަންޖެހޭ އިޖްރާއުތަށް ފުރިހަމަ ކުރެވެން ހުންނާނެކަމަ ށެވެ. އިމްޕޯޓް އެކްސްޕޯޓް ޑިކްލަރޭޝަން ނިންމުމުގައި ހޭދަވާނެކަމަށް ލަފާ ކުރެވޭ ވަގުތުތަށް ބަލައި ބަދަލު ގެނެސް ދިނުމުގެ އިތުރުން ބޮންޑެޑް ވެއަރހައުސް އިން ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެކަށީގެންވާގޮތަށް ހިދުމަތް ފޯރުކޮށްދިނުންމަށްޓަކައި ޚިދުމަތްދޭ ވަގުތަށް ބަދަލު ގެންނާނެ ކަމަށް ކަސްޓަމް އިން ވަނީ ބުނެފަ އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ވެރިންނަށް ކަސްޓަމް ހިދުމަތް ހޯދުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް ޕޯސްޓް އަދި ކުރިއަރ މަގުން ގެންނަ މުދާތަކާ ގުޅުން ހުރި ގަވާއިދުތަށް އަލުން އިޖްރާއުކޮށް މެދު ފަންތީގެ ވިޔަފާރިވެރިންގެ ތެެރެއިން އިމްޕޯޓް އެކެސްޕޯޓް ގެ ވިޔަފާރިތަކަށް އަލަށް ނުކުންނަށް ފަރާތްތަކަށް ހޭލުންތެރި ކުރުމުގެ ޕްރްގްރާމްތަށް ކުރިއަށް ގެންދެވެނޭކަމަ ށެވެ.
ރާއްޖެއަށް މަނާތެކަތި އެތެރެ ކުރުން ހުއްޓުވުމުގެ ގޮތުން ބޯޑާ ލޯ އެންފޯސްމެންޓް މިހާރަށްވުރެ ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖެ އެތެރެވޭފަރާތްތަކުގެ ލަގެޖް އެކްސްރޭ އިމޭޖް މަރުކަޒީ ގޮތެއްގައި ބަލައި އެނަލައިޒްކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެއާ ކާގޯ ސަރަހައްދުގައި ކޮންޓްރޯލް ވަރުގަދަކޮށް ވަދެނިކުމެ ހަދާ ފަރާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ނިޒާމް ހަރުދަނާކުރާނެ ކަމަށް ކަސްޓަމް އިންވަނީ ބުނެފަ އެވެ. ކަސްޓަމްގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނި ވަސީލަތް ތަރައްގީ ކުރުމުގެ ގޮތުން، މުވައްޒިފުންނަށް ވަޒީފާ އަދާކުރުމުގައި ދިމާވަ ގޮންޖެހުންތަށް ހައްލުކޮށް މަގާމުގެ ކުރިއެރުން ހޯދުމަށް ހުރި ފުރުސަތުތަށް އިތުރަ އިތުރުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ކަސްޓަމްގެ ޕަބްލިކް ރިލޭޝަން ހަރުދަނާކޮށް ކަސްޓަމްގެ އޮފީސްތަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބައްޓަން ކުރެވިގެންދާނެ އެވެ. އޮގޮތުން ކަސްޓަމް ސާވިސްގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފަސޭހަކަމާއިއެކު ފޯރުކޮށް ދިނުމުގެ އިތުރުން ވެބް ސައިޓް މިހާރަށް ވުރެ ބޮނޑަށް ތަރައްގީކޮށް ކޯލް ސެންޓަރެއް ގާއިމް ކުރެވިގެން ދިޔުމުގެ އިތުރުން ކަސްޓަމްގެ އޮފީސްތަކުގައި ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުން ކުރުން މިހާރު މަނާ ކޮށްފައިވާކަމަ ށެވެ.