ވިޔަފާރި

ކުޑަދޫ ރިސޯޓަށް ކަރަންޓު ދެނީ އިރުގެ ހަކަތަ އިން

ހަމައެކަނި އިރުގެ ހަކަތަ އިން ކަރަންޓު އުފައްދާ ރިސޯޓެއްގެ ގޮތުގައި ކުޑަދޫ ޕްރައިވެޓް އައިލެންޑް ހިމެނިއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުގައި ޅ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ކުޑަކުޑަ ހިތްގައިމު މި ޕްރައިވެޓް އައިލެންޑަަށް ކަރަންޓު ދެނީ އެ ރަށުގެ މައި ވޯޓާ ބަންގަލޯ މަތީގައި ހަރުކޮށްފައިވާ ސޯލާޕެނަލް ތަކުންނެވެ.

ޖަޕާނަށް އުފަން، އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޔޫޖީ ޔަމަޒާކީ ފަރުމާކޮށްފައިވާ ކުޑަދޫ ޕްރައިވެޓް އައިލެންޑުގެ ފަރުމާއާ ބެހޭ ގޮތުން އޭނާ ބުނެފައިވާ ގޮތުގައި ސޯލާ ޕެނަލްތައް ފަރުމާ ކުރުމުގައި ބަލާފައިވާވާނީ ރަށުގެ ރީތިކަން ނުގެއްލޭ ގޮތަށް އެތަން ހެދުމަށް ކަމަށެވެ.

"ރީތިކަން ނުގެއްލޭ ގޮތަށް ތައްޔާރުކުރި ޕެނަލްތަކުން މުޅި ރަށަށް ކަރަންޓު ދެވުމަކީ ކާމިޔާބީއެއް،" އޭނާ ބުނެފައިވެ އެވެ.

ގާތްގަނޑަކަށް ރެއަކަށް 3،000 ޕައުންޑަށް ޗުއްޓީ ހޭދަކޮށްލެވޭ މި ރިސޯޓަކީ މިފަހުން ރާއްޖޭގައި ހުޅުވި އެންމެ ރީތި އެއް ރިސޯޓެވެ.

ކްރައުން އެންޑް ޗަމްޕާ ކުންފުނިން ޅ. ކުޑަދޫގައި މި ޕްރައިވެޓް އައިލެންޑަކީ ތިން ހެކްޓަރުގެ ހިތް ގައިމު ރީތި ރަށެކެވެ. ފަނަރަ ވޯޓާ ވިލާ އާއެކު ހަދާފައިވާ މި ރަށުގައި މީރު ކެއުންތައް ލިބޭ ރެސްޓޯރެންޓުތައް ހުރެ އެވެ. މީގެ އިތުރުން އިންފިނިޓީ ފޫލާއި ޖިމް ސްޕާ ހިދުމަތުގެ އިތުރުން މޫދު ކުޅިވަރުތަކަށް ހާއްސަ ވަސީލަތްތައް ވެސް ގާއިމްކޮށްފައިވެ އެވެ. އަދި މިރަށް ފަރުމާކޮށްފައިވަނީ ރަށުގެ ބޮޑު ބަޔަކަށް އިރުގެ ހަކަތައިން ހަކަތަ ބޭނުން ކުރެވޭ ގޮތަށެވެ. މި ޕްރައިވެޓް އައިލެންޑުގެ 2،000 ސްކެއާ މީޓަރުގެ ސޯލާ ޕެނަލް އަޅާފައިވެ އެވެ.