ހަބަރު

ހައިވޭ މަތިން ކާރެއް ފުރޮޅާލައިފި

Jan 4, 2019
3

މާލެއާއި ހުޅުމާލެ ދެމެދު އޮންނަ ހައިވޭ މަތިން ކާރެއް ފުރޮޅާލައިފި އެވެ. ކާރު ދުއްވަން އިން މީހާއަކަށް އަނިޔާއެއް ނުވެ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ހައިވޭ މަތިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ފެންސުގައި ޖެހި ފުރޮޅާލާފައިވާ ކަމަށެވެ. އެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ ހެނދުނު 7:30 ގައެވެ.

ސިނަމާލޭ ބްރިޖާއި ހައިވޭ ހުޅުވާލި ފަހުން އެތަނުގައި ބާރު ސްޕީޑުގައި ދުއްވައިގެން ގިނަ އެކްސިޑެންޓުތަކެއް އަންނަނީ ހިނގަމުންނެވެ. ބްރިޖާއި ހައިވޭގައި ދުއްވޭ އެންމެ ބާރު މިނަކީ ގަޑިއިރަކު 25 ކިލޯމީޓަރާއި 50 ކިލޯމީޓަރުގެ ބާރު މިނުގައެވެ.