ހަބަރު

24 މީހުން ތިބި ސަފާރީއަކަށް ދިޔަވާތީ ސިފައިން އެހީވަނީ

Jan 4, 2019
2

ވ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރި ސަފާރީއަކަށް ދިޔަ ވާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ފުލިދޫ ކަނޑުތެރެއިން ދަތުރުކުރި ސަފާރީއަކަށް ދިޔަ ވާތީ ކޯސްޓްގާޑުން އެހީތެރިވާން ފަށާފައިވާ ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 11:20 ކަންހާއިރު ކަމަށާއި އެ ސަފާރީގައި 16 ދިވެހިންނާއި އަށް ފަތުރުވެރިޔަކު ތިބި ކަމަށެވެ،. އެއިން މީހަކަށް ގެއްލުމެއްވި ކަމެއް ސާފެއް ނުވެއެވެ.

މި ސަފާރީ ދިޔަވަމުންދާއިރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ވަރަށް ގޯސް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އަދި ކަނޑުގަދަވެ އުތުރުގެ ބައެއް ރަށްރަކަށް ވަނީ ޔެލޯ އެލާޓު ވެސް ނެރެފަ އެވެ.