ހަބަރު

ފުލުހުންގެ ތަހުގީގަކަށް 17 އަހަރުގެ ދެ އަންހެން ކުއްޖަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އުމުރުން 17 އަހަރުގެ ދެ އަންހެން ކުއްޖަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޏ. ފުވައްމުލައް ދިގުވާޑް، ބަނަފްސާގެ، ފާތިމަތު ހަނާޒް އާއި ދަފްތަރު ނަންބަރު 2542، ޝާދިޔާ އަންވަރު ހޯދަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ ކުދިންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ގުޅާ މައުލޫމާތު ހިއްސާ ކުރަން އެދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.