ވިޔަފާރި

އެމެރިކާގައި އިޝްތިހާރު ކޮށްދޭނެ ޕީއާރް ކުންފުންޏެއް ހޯދަނީ

އެމެރިކާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރާނެ ޕީއާރް ކުންފުންޏެއް ހޯދަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިއުލާނުކޮށްފި އެވެ.

އެމްއެެމްޕީއާރުސީން ބުނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ހަރަކާތްތެރިވާނެ މި ޕީއާރް ކުންފުންޏަށް ވުމަށް ޝައުގުވެރިވާ ފަރާތަކުން މިމަހުގެ ނުވަވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެމެރިކާ އަށް ހާއްސަކޮށް ޕީއާރް ކުންފުންޏެއް ހޯދަން އިއުލާނު ކުރިއިރު، މީގެ ކުރިން އެމްއެމްޕީއާރްސީއިން ވަނީ ޔޫރަޕުގެ ބައެއް ގައުމުތަކަށް ހާއްސަކޮށް ޕީއާރް ކުންފުނިތައް ހޯދަން ވެސް އިއުލާނުކޮށްފަ އެވެ. އެގޮތުން އެންމެ ފަހުން އިއުލާނުކޮށްފައިވަނީ އިޓަލީގައި ހަރަކާތްތެރިވާނެ ކުންފުންޏެއް ހޯދާށެވެ.

ރާއްޖެ އިޝްތިހާރު ކުރަން ނަގާ ޕީއާރް ކުންފުނިތަކަށް ގިނަ ދާއިރާތަކުން މުހިންމު ބައެކެވެ. މިގޮތުން ރާއްޖެއާއި ބޭރުގެ ވިޔަފާރިތަކާއި ގުޅުން އުފެއްދުމާއި ސިޔާސީ ގޮތުން ދަތިވާ ވަގުތުތަކުގައި ވެސް މި ކުންފުނިތައް މުހިންމު ދައުރެއް އަދާކުރެ އެވެ.

އެމެރިކާއަކީ ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓެވެ. އެ ގައުމުން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 37,835 މީހުން އައެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 34,411 މީހުންނާ އަޅާ ބަލާއިރު 10 ޕަސެންޓުގެ އިތުރު އަދަދެކެވެ.