ވިޔަފާރި

264 ކޮޓަރިއާއެކު އާރްއައިޔޫގެ ފުރަތަމަ ރިސޯޓު ހުޅުވަނީ

ދެ ރަށް ގުޅުވާލައިގެން ރާއްޖޭގައި އާރްއައިޔޫ ހޮޓެލްސް ކުންފުނިން ތަރައްގީކުރާ 264 ކޮޓަރީގެ ރިސޯޓް މި އަހަރު ދެވަނަ ކްއާޓަރުގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމާއި ވިޔަފާރި ހަބަރުތައް ގެނެސްދޭ ހޮޓެލިއާ މޯލްޑިވްސްއިން ބުނީ ދ. ކެދިގަނޑާއި މާފުށި ގުޅުވާލައިގެން ތަަރައްގީ ކުރާ ފަސްތަރީގެ މި ރިސޯޓު ވެގެންދާނީ ދ. އަތޮޅުގައި ތަރައްގީކުރާ އެންމެ ހިތްގައިމު އެއް ރިސޯޓަށެވެ.

އިޓަލީވިގެ އެ ކުންފުނިން ރާއްޖޭގައި ތަރައްގީކުރާ މި ރިސޯޓުގައި 176 ވިލާ ހުރެ އެވެ. އަދި ރިސޯޓުގައި ހަދާ ވިލާތަކުގެ އަދަދި 264 އަށް އަރާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މީގެތެރޭގައި ކަނޑު ފެންނަ ގޮތަށް ހަދާފައިވާ އޯޝަން ވިލާތައް ވެސް ހިމެނެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި އޭޝިއާ އާއި އިޓަލީގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓްތައް މި ރިސޯޓުތަކެއް ވެސް ހުންނާނެ އެވެ.

އާރްއައިޔޫއަކީ ޔޫރަޕާއި ކެރީބިއަންގައި އެންމެ މަގުބޫލު އެއް ހޮޓެލް ބްރޭންޑެވެ. މި ބްރޭންޑް އުފެދިފައިވަނީ 1953 ވަނަ އަހަރުގެ ތެރޭގަ އެވެ.