އޮފްބީޓް

ޖަޕާނުގެ މީހަކު 3.1 ބިލިއަން ޑޮލަރަށް ކަންނެއްޔެއް ގަނެފި

ޖަޕާނުގެ ސޫޝީ ހަދާ މީހަކު، 3.1 ބިލިއަން ޑޮލަަރަށް ލޯ ބޮޑު ކަންނެއްޔެއް ގަނެފި އެވެ.

ޖަޕާނުގެ ޓޮޔޯސޫ ގައި އާ އަހަރާ ގުޅުވައިގެން ބޭއްވި ބީލަން ކިޔުމުގައި ކަންނެލި ގަނެފައިވަނީ 3.1 މިލިއަން ޑޮލަރަށެވެ. ކިޔޯޝީ ކިމުރާ ކިޔާ ޖަޕާނުގެ ސޫޝީ ހަދާ މީހާ ހޯދި މި މަހުގައި 278 ކިލޯގްރާމް ހުރެ އެވެ. ކިޔޯޝީ ވަނީ ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ބީލަމުގައި ވެސް ބޮޑު އަގުގައި ކަންނެއްޔެއް ގަނެފަ އެވެ. އެ މުބާރާތުގައި އޭނާ އެ ކަންނެލި ގަތީ 1.4 މިލިއަން ޑޮލަރަށެވެ. މި އަހަރުގެ ބީލަމުގައި ކަންނެލި ގަނެފައިވަނީ ކުރީ އަހަރަށްވުރެ ދެގުނަ ބޮޑު އަގުގަ އެވެ.

ކިޔޯޝީ އަކީ ވޭތުވެދިޔަ ހަތް އަހަރުގައިވެސް އެންމެ އަގުބޮޑުކޮށް މި ބީލަން މުބާރާތުގައި ކަންނެލި ގަން މީހާ އެވެ. މިއީ ޖަޕާނުގައި އާ އަހަރާ ގުޅުވައިގެން ހާއްސަކޮށް ބާއްވާ ބީލަން ކިޔުމުގެ މުބާރާތެކެވެ.

ބޮޑު ކަންނެއްޔަކީ ދުނިޔޭގައި ހިމާޔަތް ކުރެވިފައިވާ މަހެކެވެ. ޖަޕާނުގެ ސޫޝި ހަދާ މީހުން، ގަނޑުކޮށް އަދި ވަކި ވަކިންވެސް މީގެ ކަންނެލި ބޮޑު އަގުގައި ގަންނާނެ އެވެ.