ހަބަރު

ހޯދަމުންދިޔަ ދެ އަންހެން ކުދިން ފުލުހަށް ހާޒިރުވެއްޖެ

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ ދެ އަންހެން ކުދިން ފުލުހަށް ހާޒިރުވެއްޖެ އެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔައީ ޏ. ފުވައްމުލައް ދިގުވާޑު، ބަނަފްސާގޭ، ފާތިމަތު ހަނާޒް އާއި ދަފްތަރު ނަންބަރު 2542، ޝާދިޔާ އަންވަރު އެވެ. ދެ ކުދިންގެ އުމުރަކީ 17 އަހަރެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހޯދަން އިއުލާން ކުރުމާއެކު އެ ދެ ކުދިން ވެސް މިހާރު ފުލުހަށް އަމިއްލައަށް ހާޒިރުވެފައިވާ ކަމަށެވެ. ފުލުހުން ތަހުގީގު ކުރަމުން އަންނަނީ އެ ދެ ކުދިންނާ ގުޅޭ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.