އެމްއެންޑީއެފް

ނޫމަރާ ފަޅުން ނުކުންނަށް އުޅުނު ދޯންޏެއް ނެރަށް އަރައިފި

ށ. ނޫމަރާ ފަޅުން ނުކުންނަށް އުޅުނު ދޯންޏެއް ނެރު މައްޗަށް އަރާ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ ނޫމަރާ ފަޅުން ނިކުންނަން އުޅުނު 50 ފޫޓުގެ "އަބާރަނާ" ދޯނި އެ ރަށު ނެރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 12:34 ހާއިރު ކަމަށެވެ. އަދި އެ ދޯނީގެ ވެރި ފަރާތުން ދޯނި ކަފު ޖަހައިގެން ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ދުވަސް ވަރަކީ ރާއްޖެއަށް ވިއްސާރުކޮށް ގަދަޔަށް ވައި ޖެހެމުންދާ ދުވަސް ވަރަކަށް ވުމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ނަމަވެސް އިއްޔެއާއި މިއަދު ވަނީ ގިނަ އަދަދަކަށް ކަނޑުމަތީ ހާދިސާ ހިނގައިފަ އެވެ.