އިމްރާން އަބްދުﷲ

އިމްރާން މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރާ ބައްދަލުކުރައްވައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މެލޭޝިއާގެ ވެރިކަން ކުރާ ދަ ޕީޕަލްސް ޖަސްޓިން ޕާޓީ (ޕީކޭއާރު) ގެ ލީޑަރު އަންވަރު އިބްރާހީމް އާ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު އިމްރާން މެލޭޝިއާ އަށް ކުރައްވަމުން ގެންދާ މި ދަތުރުފުޅުގައި އިސްލާމީ ހަރަކާތްތަކަށް ކުރިމަތިވެފައިވާ ޑިމޮކްރެޓިކް ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ދެގައުމު ގުޅިގެން ކުރެވެން ހުރި އިތުރު ކަންކަމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި އަދާލަތު ޕާޓީ އާއި ޕީކޭއާރު ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އިމްރާން މެލޭޝިއާ ކުރައްވަމުންގެންދާ މި ނުރަސްމީ ދަތުރުގެ މައުލޫމާތު އަދާލަތު ޕާޓީ އިން ދީފައެއް ނުވެއެވެ.

ބައްދަލުވުމުގައި އަންވަރު ވިދާޅުވެފައިވަނީ މިނިސްޓަރު އިމްރާން އާ ބައްދަލު ކުރުމުގެ ފުރުސަތު ލިބުނޫތީ އުފާވާ ކަމަށާއި، ދެ ޕާޓީގެ ދެމެދުގައި އަހްވަންތަށް ގުޅުމެއް އެދިވަޑައިގަންނަވާ ކަމަށެވެ.