ހަބަރު

އާސާރުތަކުގެ ސެކިއުރިޓީ ބަލަހައްޓަން މަޝްވަރާކޮށްފި

Jan 7, 2019

ގައުމީ ދާރުލްއާސާރާއި އެހެން އާސާރީ ތަންތަނުގެ ގޮތުގައި ހުރި ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި ގުޅޭގޮތުން އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

މި ބައްދަލުވުން އޮތީ ގައުމީ ދާރުލްއާސާރުގަ އެވެ. މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރައްވާފައި ވަނީ ދާރުލްއާސާރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ އެހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ބެލެހެއްޓުމާއި ގުޅޭގޮތުންނެވެ.