ހިމަންދޫ

ހިމަންދޫ ގިރާ ދިމާއިން މިނިކަށިތަކެއް

އއ. އަތޮޅުގައި ގާތްގަނޑަކަށް 700 އެއްހާ މީހުންގެ ކުޑަކުޑަ އާބާދީއެއް އޮންނަ ހިމަންދޫން މިނިކަށިތަކެއް ފެނިއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއީލް މިއަދު ވިދާޅުވީ އެ ރަށުން މިނިކަށިތައް ފެނިފައި ވަނީ އިއްޔެގެ މެންދުރެއްހާއިރު ރަށުގެ ހުނޅަގުފަރާތު ގޮނޑުދޮށުން ކަމަށާއި އެ ސަރަހައްދަކީ ވަރަށް ބޮޑަށް ގިރާ ސަރަހައްދެއް ކަމަށެވެ.

މިނިކަށިތައް ފެނިފައި ވަނީ ރަށް ގިރަމުންދާ ދިމާއިން ވެލިގަނޑު ތެރެއިންނެވެ. އޭގެ ތެރޭގައި އިންސާނުންތަކެއްގެ ކަށިގަނޑު ބައިތަކާއި ނާށިގަނޑާއެކު ހިމެނޭ ބޯތައް ވެސް ހިމެނެ އެވެ. ހުޝާމް ވިދާޅުވީ އެކަށިތަކުގައި ހިމެނޭ ބޯތައް ވަޅުލެވިފައި ހުރީ ގިބުލައަށް ވާ ގޮތަށް ކަމަށާއި އަދި އެ ކަށިތައް ހުރީ އެ ދިމާ ގޮނޑުދޮށުގެ އާނުގަނޑާ ވެސް އެކުވެފައި ކަމަށެވެ.

ފުލުހުންގެ އެހީއާ އެކުގައި މިހާރު ވަނީ ބައެއް މިނިކަށިތައް ނަގާފަ އެވެ. އެވެ. އަދި ދިޔަވަރު އޮތް ގޮތުން ހުރިހާ ކަށިތަކެއް އަދި ނުނެގެ އެވެ.

މީގެ ކުރީން ވެސް ހިމަންދޫ ހުޅަނގު ފަރާތު ގޮނޑުދޮށުން މިނިކަށި ފެނުނު ކަމަށް ވެއެވެ.