މެލޭޝިޔާ

މެލޭޝިޔާއިން ރާއްޖޭގެ ލައިސަންސް ވެސް ބަލައިގަތުން ހުއްޓާލައިފި

ދިިވެހިން އާއްމުކޮށް ދަތުރު ކުރާ މެލޭޝިއާގައި ރާއްޖެ ވެސް ހިމެނޭ ގޮތުން އެހެން ގައުމުތަކުން ދޫކުރާ ލައިސަންސް ބޭނުންކޮށްގެން ދުއްވުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށް އެގައުމުގައި ހުންނަށް ދިވެހި އެމްބަސީން ބުނެފި އެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މެލޭޝިއާގެ ޓްރާންޕޯޓް މިނިސްޓިރީން މިގޮތަށް އަމަލު ކުރަން ފެށީ، މިނިސްޓްރީގެ އުސޫލުތައް ހަރުދަނާ ކުރުމުގެ ގޮތުން އެވެ. އަދި މިއީ ރާއްޖެއަށް ޓާގެޓްކޮށްގެން ގެނައި ބަދަލެއް ނޫން ކަމަށާއި މިއީ ހުރިހާ ގައުމަކަށް އެއް ހަމައަކުން ގެންނަ ބަދަލެއް ކަމަށްވެސް ވަނީ ބުނެފަ އެވެ. ބަޔާނުގައި ބުނެފައިވަނީ މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހިން އުޅެމުންދާތީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެގައުމުގެ ކަމާބެހޭ ވުޒާރާތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މެލޭޝިއާގައި ދިވެހި ލައިލަންސް ބޭނުން ކޮށްގެން އެއްގަމު އުޅަނދު ދުއްވެނީ ދިވެހި ލައިސަންސާ އެކު އެމްބަސީން ދޫކުރާ ލިޔުމެއް އޮވެގެންނެވެ.

އެމްބަސީން ބުނެފައިވަނީ މިކަމަށް ހައްލެއް ހޯދެން ދެން މެލޭޝިއާގައި އުޅަނދު ދުއްވޭނީ އެގައުމުގެ ޑްރައިވިން ސްކޫލެއް މެދުވެރިކޮށް ނަގާފައިވާ ލައިސަންސަކުން ކަމަށެވެ. އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް އޮންނަ، ފަރާތްތަކުން ވެސް އަލަށް ގެނެވުނު ގަވާއިދަށް ފެތޭގޮތަށް އެއްގަމު އުޅަނދުތަށް ދުއްވުމަށް ވަނީ ބަޔާނުގައި އިލްތިމާސްކޮށްފަ އެވެ.

އާ އުސޫލުގެ ދަށުން މެލޭޝިޔާގެ ޓްރާންސްޕޯޓް އޮތޯރިޓީއިން ބޭރުގ ގައުމެއްގެ ލައިސަންސެއްގެ ގޮތުގައި ހަމައެކަނި ބަލައި ގަންނާނީ، އެ ގައުމުމާ އަވަށްޓެރި ސިންގަޕޫރުގައި ދޫކުރާ ލައިސަންސް އެކަންޏެވެ.