މައުރީޒިއޯ ސާރީ

އިނިގިރޭސި ރެފްރީންނަށް ވީއޭއާރް ބޭނުން ކުރާކަށް ނޭންގޭ: ސާރީ

ލީގް ކަޕް ނުވަތަ ކަރަބާއޯ ކަޕުގައި، ޓޮޓެންހަމް އަތުން ޗެލްސީ ބަލިވާން ދިމާވި ހާލަތުގައި އޮފްސައިޑް މަޅީގައި، ޓޮޓެންހަމްގެ ހެރީ ކޭން ޖެހުނު ނަމަވެސް، ވީއޭއާރުގެ މަންޒަރުން އޭނާ ސަލާމަތްވުމުން، އިނިގިރޭސި ރެފްރީން ވީއޭއާރް ބޭނުން ކުރާ ގޮތާމެދު ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީ ހިތްހަމަ ނުޖެހިއްޖެ އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމްގެ ހޯމް ސްޓޭޑިއަމްގައި، ކޭން ޕެނަލްޓީން ކާމިޔާބު ކުރި ލަނޑުން ޗެލްސީ ބަލިވީ 1-0 ންނެވެ. ސުވާލު އުފެދުނީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމުގެ ކުރިން ކޭން އޮފް ސައިޑް ވެފައި ހުރުމުންނެވެ. ޓޮޓެންހަމްގެ ފަހަތުން ކުރިއަށް ނަގައިދިން ބޯޅަ ލިބުނީ ކޭން އަށެވެ. އެ ބޯޅަށް އޭނާ ހަރަކާތްތެރިވިއިރު އޭނާ ހުރީ އޮފަސައިޑްގައި ކަން ވީޑިއޯއިން ފެނެ އެވެ.

ކޭން ބޯޅަ ހޯދައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމުން ޗެލްސީގެ ކީޕަރު ކެޕާ އަރީޒަބަލާގާ ވަނީ ކޭން އަތުން ބޯޅަ ހޯދުމަށް ކުރި ޗާޖުގައި ޕެނަލްޓީ އޭރިއާ ތެރެއިން ކޭން އަށް ފައުލު ކޮށްފަ އެވެ. އޭގެ ކުރިންވެސް ޗެލްސީގެ ބެންޗުން އެޕީލް ކޮށްފައި ވަނީ ކޭން އޮފްސައިޑްގައި ހުރި ކަމަށެވެ.

އެހެންނަމަވެސް، މެޗުގެ ރެފްރީ މިޝޭލް އޮލިވާގެ އެހީތެރިން ވީއޭއާރް މެދުވެރިކޮށް ބެލުމުންވެސް ކޭން އޮފްސައިޑްގައި ހުރި ކަމެއް ފާހަގަ ނުކުރެވުނެވެ. ރެފރީ އޮލިވާ ނިންމީ ޕެނަލްޓީ އެއް ކަމަށެވެ. އަދި ކެޕާ ކުރި ފައުލަށް އޭނާ އަށް ރީނދޫ ކާޑު ދެއްކި އެވެ.

ސާރީގެ އިތުރުން ޓޮޓެންހަމްގެ ކޯޗް މަރޫރީޝިއޯ ޕޮޗެޓީނީވެސް ވީއޭއާރް ޓެކްނޮލަޖީއާ ބެހޭގޮތުން ދެއްކީ މާ އަޖަބީ (ޕޮޒެޓިވް) ވާހަކައެއް ނޫނެވެ.

"އިޓަލީގައި ވީއޭއާރް ބޭނުން ކުރަން ފެށި ފުރަތަމަ ސީޒަންގައި ހީވަނީ ކާރިސާއެއް ހެން، ރެފްރީންނަކަށް ނޭންގެ (އޭރު) އެ ސިސްޓަމް ބޭނުން ކުރާކަށް،" ސާރީ ބުންޏެވެ. "އަހަންނަށް ހީވަނީ މިތާންގައިވެސް ރެފްރީން އަދި ތައްޔާރު ނުވޭހެން އެ ސިސްޓަމް ބޭނުން ކުރާކަށެއް.