ފްރޭންކް ލަމްޕާޑް

ލަމްޕާޑް ގެންދަން ޗެލްސީ ތައްޔާރު ވެއްޖެ

100%
0%
0%

ޗެލްސީގެ ކޯޗް، މައުރީޒިއޯ ސާރީ، ޔުވެންޓަސް އަށް ބަދަލުވުމުގެ ކަންކަން ފަހު މަރުހަލާއަށް ވާސިލުވުމުން، ޗެލްސީގެ އާ ކޯޗަކަށް އެ ޓީމުގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ގެންނަން ޗެލްސީން ތައްޔާރު ވެއްޖެ އެވެ.

އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ޑާބީ ކައުންޓީގެ ކޯޗު ލަމްޕާޑް ހޯދަން ޗެލްސީން ޑާބީ ކައުންޓީއަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ އިތުބާރު ހުރި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ދޫކޮށްލަން ޑާބީ ކައުންޓީން ބޭނުން ވަނީ ބަދަލުގައި ޗެލްސީން ހަތަރު މިލިއަން ޔޫރޯ ދިނުމުގެ އިތުރަށް، އޭނާގެ ބަދަލުގައި އެހެން ކޯޗަކު ހަމަޖެހުމުން ކަމަށް ދަ ގާޑިއަންއިން ބުނެފައި ވެއެވެ.

ޑާބީ ކައުންޓީ އާއެކު ލަމްޕާޑް ސޮއި ކުރި، ތިން އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން ބާކީ އޮތީ އެއް އަހަރެވެ. ލަމްޕާޑް ވަނީ ޑާބީއާއެކު ފާހަގަ ކުރެވޭ މަސައްކަތެއް ކޮށްފަ އެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގް ކޮލިފިކޭޝަންގެ ޕްލޭއޮފްއަށް ޑާބީ ކޮލިފައި ކޮށްދިނެވެ.

ޔުވެންޓަސްގެ ކޯޗުގެ މަގާމުގައި މިދިޔަ ތިން ސީޒަންގައި ހުރި، މެސިމިލިއާނޯ އެލެގްރީ ވަނީ އެ ޓީމުގެ ކޯޗު ކަމުން އަމިއްލައަށް އިސްތިއުފާ ދީފަ އެވެ. ކޯޗުގެ މަގާމަށް ޔުވެންޓަސްއިން އެންމެ ބޭނުން ވަނީ ސާރީ އެވެ. ސާރީ ގެންދަން ޔުވެންޓަސްއިން ބޭނުންނަމަ، ޗެލްސީއަށް ފަސް މިލިއަން ޕައުންޑް ދޭން ޖެހެ އެވެ.

ފީފާ ޓްރާންސްފާ ބޭންގެ އަދަބު ޗެލްސީއާ ދެކޮޅަށް އަޅާފައިވުމުން އާ ކުޅުންތެރިން އެޓީމަށް ނުގެނެވޭނެ އެވެ. ބެލެވޭ ގޮތުގައި ޗެލްސީގެ ޒުވާން ކުޅުންތެރިންގެ ތެރެއިން ލޯނަށް ދޫކޮށްފައިވާ ކުޅުންތެރިން ކަމަށްވާ ޓަމީ އެބްރަހަމް، ރީސް ޖޭމްސް، މޭސަން މައުންޓް ފިކާޔޯ ޓޮމްރީއަށް އަންނަ ސީޒަންގައި ޓީމުން މުހިންމު ރޯލެއް ދޭނެ އެވެ. ޓޮމްރީ އާއި މައުންޓް އަކީ މިދިޔަ ސީޒަންގައި ލޯން އުސޫލުން ލަމްޕާޑުގެ ކޯޗު ކަމުގެ ދަށުން ކައުންޓީއަށް ކުޅުނު ދެ ކުޅުންތެރިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345