ޗެލްސީ

ގޯލް ނުޖެހުމުގެ އުނދަގުލުން ވާނާ ނުކުންނާނެ: ލަމްޕާޑް

ޓިމޯ ވާނާ
0%
0%
0%

ލަނޑު ނުޖެހުމުގެ މައްސަލަ ކުރިމަތި ވެފައިވާ ޗެލްސީގެ ފޯވަޑް ޓިމޯ ވާނާ އެ އުނދަގުލުން އަރައިގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

މިދިޔަ ސީޒަންގައި ޔޫރަޕްގެ އެންމެ މޮޅު ސްޓައިކަރުންގެ ތެރޭގައި ހިމެނުނު ވާނާ، ޗެލްސީއަށް ބަދަލުވެ ލަނޑު ނުޖެހުމުގެ މައްސަލަ ވަނީ ކުރިމަތި ވެފަ އެވެ. ޖަރުމަންގެ ގައުމީ ޓީމަށާއި ކުލަބަށް އޭނާއަށް ލަނޑެއް ނުޖެހި 12 މެޗު ވަނީ ފުރިހަމަ ކޮށްފަ އެވެ.

ލައިޕްޒިގްގެ ކުރީގެ ފޯވަޑް، މި ސީޒަންގައި ފެންނަނީ ދަށް ކޮށެވެ. މިދިޔަ ހޮނިހިރު ދުވަހު އާސެނަލް އަތުން ޗެލްސީ ބަލިވި މެޗުގެ ހާފު ޓައިިމްގައި އޭނާ ބަދަލު ކުރި އެވެ. އޭގެ ދެ ދުވަސް ފަހުން އެސްޓަން ވިލާ އާ ދެކޮޅަށް ކުޅުނު މެޗުން އޭނާއަށް ފުރުސަތެއް ނުދެ އެވެ.

ޗެލްސީގައި އޭނާގެ ފޯމާ މެދު ކަންބޮޑުވުން އޮތް ނަމަވެސް، ޕްރެކްޓިހުގައި ފިނިޝިންއަށް ކުރާ މަސައްކަތުން އެކަން ބަދަލު ކުރެވޭނެ ކަމުގެ ޔަގީންކަން ލަމްޕާޑަށް އެބައޮތެވެ.

"ގޯލް ކުރިމަތީގައި ކޮންމެ ކުޅުންތެރިޔަކަށް ވެސް އުނދަގޫ ކުރިމަތިވާނެ ވަގުތަތަކެއް އައިސްދާނެ އެންމެ ހިތްގައިމު ކަމަކީ އޭނާއަށް ފުރުސަތުތަކެއް ލިބޭކަން އެއީ ޕޮޒިޓިވް ކޮށް ނަގަން ޖެހޭނެ ކަމެއް،" ވާނާ އާ ބެހޭގޮތުން ވާހަކަ ދައްކަމުން ލަމްޕާޑް ބުންޏެވެ. "އެކަން [ގޯލް ނުޖެހުމުގެ މައްސަލަ] ބަދަލު ކުރެވޭނެ ގޮތަކަށް އަހަންނަށް ފެންނަ ހަމައެކަނި ގޮތަކީ ޓްރޭނިން ގުރައުންޑްގައި އެކަމަށް މަސައްކަތް ކުރުން. ފަސޭހަ މަސައްކަތެއް ތަކުރާރުކޮށް ޓްރޭނިންގައި ކުރުން. ޓިމޯ ދަނީ އެކަން ޓްރޭނިންގައި ކުރަމުން."

"އެގޮތަށް މަައްކަތް ކުރުާ ކަމަށް ވަންޏާމު އެ ހާލަތު ބަދަލުވާން ނަގާނީ ވަގުތުތަކެއް. ސަބަބަކީ ގުދުރަތީ ގޮތުން އޭނާގެ ކިބައިގައި ހުރި ސްޓައިކަރެއްގެ ސިފަތަކުން އެކަމުން އަރައި ގެނެވޭނެ."

ޗެލްސީ މާދަމާ ނުކުންނާނީ މެންޗެސްޓާ ސިޓީ އާ ދެކޮޅަށެވެ. ސިޓީގެ ޓީމުގެ ފަސް ކުޅުންތެރިޔަކަށް ކޮވިޑް-19 ގެ އަސަރުކޮށް މެޗާ މެދު ކޮންމެވެސް ވަރެއްގެ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345