ފްރޭންކް ލަމްޕާޑް

ޗެލްސީއަށް ލީގަށް ވާދައެއް ނުކުރެވޭނެ: ލަމްޕާޑް

0%
0%
0%

ޗެލްސީއަކީ، މި ސީޒަންގެ ޕްރިމިއާ ލީގަށް ވާދަ ކުރެވޭނެ ޓީމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗް ފުރޭންކް ލަމްޕާޑް ބުނެފި އެވެ.

އެންމެ ފަހުން އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ވަނީ ބަލި ވެފަ އެވެ. އޭގެ ދެ ދުވަސް ފަހު މިއިަދު އެސްޓަން ވިލާ އާ ދެކޮޅަށް ޗެލްސީ ނުކުންނާނެ އެވެ. އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ވި ބައްޔަކީ ލީގްގައި އެ ޓީމަށް ކުރމަތިވި ހަތަރު ވަނަ ބައްޔެވެ.

"މީހުން ބޭނުންވޭ އަހަރެމެންނަކީ ލީގަށް ވާދަ ކުރެވޭ ޓީމެއް ކަމަށް ވާހަކަ ދައްކަން އެކަމަކު އަހަރެން އެކަމެއް ގަބޫލު ނުކުރަން،" މިރޭ އެސްޓަން ވިލާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ލަމްޕާޑް ބުންޏެވެ. "ސަބަބަކީ އަހަރެމެން މި އޮތީ އެފެންވަރުގައެއް ނޫން، އެހާ ހިސާބަށް ދާން ވަގުތު ނަގާނެ ހޮނިހިރު ދުވަހު ކުޅުނު މެޗު ކަހަލަ މެޗުތަކަކީ އަހަރެމެން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބެން ޖެހޭނެ މެޗެއް."

ދެ ދުވަސް ތެރޭ ދެ މެޗު ކުޅެން ޖެހޭތީ ލަމްޕާޑް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. މިރޭގެ މެޗުގައި ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށް ލަމްޕާޑް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345