ލައިފްސްޓައިލް

ވަރުބަލިނުވެ ރޯދައަށް ހުންނާނީ ކިހިނެތް؟

Jun 27, 2015

ކިތަންމެ ގަދަޔަށް ކައިގެން ބަންގީގެ އެއްމިނެޓް ކުރީން ފެން ގަދަޔަށް ބޮއެގެން ހުރި ކަމުގައިވިޔަސް ދުވަހުގެ މެދާ ހަމަޔަށް ނުދެވެނީސް ހާންތިވެ، ފެންބޮވަނީ ކީއްވެ ހެއްޔެވެ؟

ރޯދަ ހިފައިގެން ހުންނަ ގަޑީގައި ހަށިގަނޑަށް އެންމެ ބޭނުންވާނީ ހާރުގަޑީގައި އެތެރެ ކުރެވޭ ޝުގާ ގުލުކޯޒް ކަމުގައިވީ ނަމަވެސް މިއީގިނަ ގަޑިއިރަށް ބާރު ފޯރުކޮށްދޭ މާއްދާއެއް ނޫނެވެ. އޭގެ ފަހުން ދެން ހަށިގަނޑުގެ ވަރު ދެމެހެއްޓިގެން ދާނީ ސްޓޯ ކުރެވިފައި ހުންނަ ގުލްކޯޒް (ގްލައިކޯގެން) އާއި ފެޓްސް އިންނެވެ. ރޯދައަށް ހުރެ ވަރުބަލިވާން ނޭދޭނަމަ ހާރު ގަޑީގައި ގިނައިން ކެއުމަށްވުރެ ކެވޭ އެއްޗަަކާއި ބޮވޭ އެއްޗަކަށް ވިސްނާލާށެވެ.

ރޯދަ ވީއްލާ ގަޑީގައި ހަށިގަނޑަށް އެންމެ ފައިދާ ހުންނަ އެކައްޗަކީ ކަދުރެވެ. ކަދުރު ކެއުމުގެ އިތުރަށް ވީހާވެސް ތާޒާ ޖޫހެއް ބޮއެ، ސޫޕްގެ ވައްތަރެއް ބޮވެވޭތޯ ބަލާށެވެ. މި ތިން ބާވަތަކީ ކާބޯހައިޑްރޭޓަށް ވެފަ ދަށްވެފައި ހުރި ބްލަޑް ގްލުކޯޒް އެންމެ އެކަށީގެންވާ ވަރަކަށް ބެހެެއްޓުމަށް އެހީވެދޭ ތިން ބާވަތްތަކެކެވެ. ފެން، ޖޫސް އަދި ސޫޕް ދުވާލުގަޑީގައި ބުއިމުން ގެއްލިފައި ހުންނަ އިލެކްޓްރޮލައިޓް ބެލެންސް ކުުރަން އެހީވެދެެއެވެ.

ދުވާލު އެއްކޮށް ނުކައިހުރި ކަމުގައިވިޔަސް ރޯދަ ވީއްލާ ގަޑީގައި ގިނައިން ނުއެއް ކެވޭނެއެވެ. މާ ގިނައިން ކާން އުޅުމުން މީހާއަށް އުނދަގޫވެ، ހޮޑުލެވި ފަލަވުމަށް އެހީތެރިވެއެވެ.