ރައީސް މުހައްމަދު ނަޝީދު

އައްޑޫގައި އިތުރު 5000 އެނދު އެޅެންޖެހޭ: ނަޝީދު

އައްޑޫ ސިޓީގައި އިތުރު 5000 ޓޫރިސްޓު އެނދު އެޅުމުގެ ފުރުސަތު އޮތީ އަންނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އެމްޑީޕީއަށް ކާމިޔާބު ވެގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ޓިކެޓް ހޯދަން އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕޭން ފެށުމުގެ ހަފުލާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވިދާޅުވީ، އަަައްޑުއަށް މިހާރު މަތިންދާ ބޯޓް އަންނަންޖެހޭ ވަރަށް ވުރެ އިތުރަށް ބޯޓް އަންނަންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެއާޕޯޓް ތަރައްގީވުމަށް ފަހު އައްޑޫގައި 5000 ޓޫރިސްޓް އެނދު އެޅުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި އެ އަދަދު ދެން އުފެދުމާއެކު 5000 ވަޒީފާ ވެސް އުފެދޭނެ ކަމަށެވެ. އަދިޮ އެހިސާބުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދު، އައްޑޫގެ ޓޫރިޒަމްގައި އޮންނާނީ ފުދިފައި ކަމަށެވެ.

"ގެސްޓް ހައުސްގެ ވިޔާފާރި ތަރައްގީ ވެފައިވާ މިންވަރަށް ގަން އެއާޕޯޓަށް މިއަށް ވުރެ ގިނައިން ފުލައިޓް އަންނަން ޖެހޭ އެކަން ކުރެވޭނެ ކަމާއިމެދު ޝައްކެއް ނުކުރަން،" ނަޝީދު ވިދާޅުވި އެވެ. "އައްޑޫ ސިޓީގައި 5000 އެނދުގެ ޖާގަށް އުފެއްދޭނެ ކަމީ މިއަދު އަޅުގަނޑުމެންގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،"