ވިޔަފާރި

ޗައިނީސް ނިއު އިޔާއަށް ކަނޑިންމަ މޯލްޑިވްސް ތައްޔާރު ވެއްޖެ

Jan 10, 2019

ޗައިނާ މީހުން ފާހަގަ ކުރާ އާ އަހަރު ކަމަށްވާ "ޗައިނީސް ނިއު އިޔާ" އަށް ކަނޑިންމަ މޯލްޑިވްސް އިން ތައްޔާރު ވާން ފަށައިފި އެވެ.

މޯލްޑިވްސް އިންސައިޑާގައިވާ ގޮތުން އަންނަ މަހު 5 އިން ފެށިގެން ފެށިގެންދާ ޗައިނީސް ނިއުއިޔާ ކަނޑިންމަ މޯލްޑިވްސްގައި ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. މިގޮތުން މި ހަފުލާއަށް ހާއްސަކޮށް ކެއުންތަކެއް ތައްޔާރު ކުރުމާއި މިއުޒިކް ހިމެނޭ ގިނަ ކުޅިވަރުތަކެއްވެސް ބާއްވާނެ އެވެ.

ޗައިނީސް އާ އަހަރު މި ފަހަރުގެ މި ފަހަރު ތީމް އަކީ "އިޔާ އޮފް ދަ ޕިގް" އެވެ.

ފަސްތަރީގެ ކަނޑިންމަ މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި ޗައިނީސް އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ޗައިނީސް ހާއްސަ ކެއުންތަކެއް އަތުރާލާނެ އެވެ. މި ކެއުންތަކުގެ ތެރޭގައި ހާއްސަ ސެލެޑްތަކާއި ކުޅުޅާއި ސީފުޑްއިން މުއްސަންދި ކޮށްފައިވާ ކެއުންތައް ހިމެނޭ އެވެ.

ޗައިނީސް އާ އަހަރު ފާހަގަ ކުރުމަށް ކޮންމެ އަަހަރަކުވެސް ގިނަ އަދަދެއްގެ ޗައިނާ މީހުން ރާއްޖެ އާދެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޗައިނާއިން 266,376 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރު އައި 286,612 މީހުންނާ އަޅާބަލާއިރު ހަތް ޕަސެންޓް ދަށްވުމެކެވެ.