ހަބަރު

ރޯވީ ކަރަންޓު ހުރި ފޮއްޓެއްގައެއް ނޫން: ސްޓެލްކޯ

Jan 10, 2019
2

މިއަދު ހެނދުނު ކާނިވާ ސަރަހައްދުގައި އަލިފާން ރޯވެފައިވަނީ ބޭނުން ކުރާ ފޮއްޓެއްގައި ނޫން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ ކާނިވާ ސަރަހައްދުގައި މިއަދު އަލިފާން ރޯވި ފޮއްޓަކީ ކަރަންޓުދޭން ބޭނުންކުރާ ފޮއްޓެއް ނޫން ކަމަށާ، އެ ފޮށީގައި ރޯވީ އެތަނުގައި ހުރި ލަކުޑި ތަކެއްގައި ރޯވުމުން ކަމަށެވެ.

ހެނދުނު 9.30 އެހާއިރު ފޮށީގައި އަލިފާން ރޯވި ސަބަބެއް އެމްއެންޑީއެފުން ނުބުނެ އެވެ.

އަލިފާން ރޯވެގެން ރިޕޯޓް ކުރާއިރު އެފަދަ ހާދިސާތައް ގިނައިން ހިގަން މެދުވެރިވަނީ ކަރަންޓްގެ ސަބަބުން ކަމަށްވާތީ އެމްއެންޑީއެފް އާއި ސްޓެލްކޯއިން ވަނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ވެސް ހިނގާފަ އެވެ.