މިއީ ވަރަށް ބިޒީ ލައިފެއްގައި އެއްމެން އުޅެމުން އަންނަ ދުވަސްވަރެވެ. އެންމެން ވެސް އަބަދު އަވަދިނެތި މަސައްކަތުގަ އެވެ. ނޫނީ ދުވަން ދިއުމާއި ކުޅެން ދިއުމުގަ އެވެ. އެހެން ނޫނީ ރައްޓެއްސަކާއެކު ކޮފީއެއްގަ އެވެ. ކަމަކަށްފަހު ކަމެއްގައި ބިޒީ ވެގެނެވެ. މަސައްކަތުގަ އާއި ގޭތެރޭގެ އެކި ޒިންމާތަކުގައިވެސް ބިޒީވެފަ އެވެ. ބިޒީ ލައިފްގައި ވެސް ބައިވެރިޔާއަށް ވަގުތު ހުސް ކުރުމަކީ މުހިއްމު ކަމަކެވެ. ދެ މީހުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވެ ނުދިޔުމަށާއި ލޯބި އާލާކުރުމަށް ވެސް މަސައްކަތް ކުރަން ޖެހެއެވެ. ދުނިޔޭގަ ނިސްބަތުން އެންމެ ވަރި ގިނަ އެއް ގައުމަކީ ރާއްޖެއަށްވާއިރު ލޯބިވެރިޔާ އާއެކު ނުވަތަ އަންހެނުންނާއެކު ވަގުތު ހޭދަކޮށްލައިގެން ލޯތްބާއި ކައިވެނި އިތުރަށް ބަދަހި ކުރެވިދާނެ އެވެ.
މާ ދިނުން!
ލޯބިވެރިޔާ އަށް ރީތި މަލެއް ދިނުމާއެކު "ލޯބިވެޔޭ" ބުނުން މީ އެންމެ ސިމްޕަލް އަދި އެންމެ ރޮމޭންޓިކް އެއް ގޮތެވެ. މަލެއް ދިނުމުން އުފާވެ އަދި ހިތްހަމަޖެހުން ލޯބިވެރިޔާއަށް ލިބިގެން ދާނެ އެވެ. ދޭނެ މަލެއ ހިޔާރު ކުރާއިރު އެންމެ ކަމުދަނީ ކޮންކަހަލަ މަލެއްތޯ ބަލާ އެކަހަލަ މަލެއް ދެވިދާނެ އެވެ. މާ މަލުގެ ތެރެއިން ފިނިފެންމާ އަބަދުވެސް ހާއްސަ މަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. ގިނައިން ފިިނިފެންމާ ދޭށެވެ.
އެކުގައި ކެއްކުން!
ދެ މީހުން އެކުގައި މީރު އެއްޗެއް ކައްކައިގެން ކެއުންވެސް މިއީ ވަގުތު ހޭދަ ކުރުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ. އެއްކޮށް ކައްކަން އުނދަގޫ ނަމަ އެކަކު އަނެކަކަށް އެންމެ މީރު އެއްޗެއް ތައްޔާރުކޮށްލައިގެން ކާން ދައުވަތު ދެވިދާނެ އެވެ. މިއީ ވަރަށް ހާއްސަ ކަމެއްގޮތުގައި ބޭއްވިދާނެ އެވެ.
ޑޭޓް ނައިޓަކަށް ދިއުން!
ކައިވެނި ކޮށްގެން އުޅުނަސް ޑޭޓަކަށް ގޮސް މަޖާ ކޮށްލެވިދާނެ އެވެ. ދެ މީހުންނަށް ކަމުދާ ކަހަލަ ރެސްޓޯރަންޓަކަށް ކާލަން ވެސް ދެވިދާނެ އެވެ. އަދި ކުރިން ގޮސްފައި ހުރި ރެސްޓޯރަންޓަކަށް ގޮސް މާޒީގެ ފޮނި ދުވަސްތައް ހަނދާންތައް އާ ކޮށްލެވިދާނެ އެވެ. ސިނަމާއަކަށް ވެސް ދެނިދާނެ އެވެ.
ސަޕްރައިޒެއް ދިނުން!
ކޮންމެސް ކަހަލަ ސަޕްރައިޒެއް ދީގެން އުފާ ކޮށްލެވިދާނެ އެވެ. ސަޕްރައިޒެއްގް ގޮތުގައި ކިޔާލާ ހިތްވާ ކަހަލަ ފޮތެއް، ސަޅި ޕްލޭލިސްޓެއް ހަދާލަ ދެވިދާނެ އެވެ. މިކަހަލަ ސިމްޕްލް ކަމެއް ކޮށްލާ ބައިވެރިޔާގެ ހިތް އުފާ ކޮށްލަ ދެވިދާނެ އެވެ.
ބޭރު ގައުމަކަށް ދިއުން!
އާދައިގެ ކަމެއް ނޫނަސް، ދެ މީހުން އެއްކޮށް ބޭރު ގައުމަކަށް ޖައްސާލާ ވަގުތު ހޭދަ ކޮށްލެވިދާނެ އެވެ. މިއީ އޮންލައިން ބުކިން އާއި އެއާ ބީ އެން ބީ ގެ ދުވަސްވަރެވެ. ލޯބިވެރިޔާއާއެކު ކައިރި ގައުމަކަށް ގޮސް ހައިކިން ނުވަތަ ވޯކިން ޓްރެއިލްއެއްގައި ހިނގާލާ ކޮންމެވެސް ފިޒިކަލީ ޗެލެންޖިން ކަމެއް ކޮށްލުމަށް ވެސް ވަގުތު ހުސް ކުރެވިދާނެ އެވެ.
އެކަކު އަނެކަކަށް އެހީތެރިވުން!
އަމިއްލަ ހޮބީސް ނުވަތަ ވިޔަފާރީ ގައި ސަޕޯޓް ދިނުން މިއީ ވެސް ކުރެވިދާނެ ކަމެކެވެ. ދެ މީހުން ގުޅިގެން އެއް ކަމެއް ހާސިލު ކުރަން މަސައްކަތް ކުރުމުން ގުޅުން ބަދަހިވެގެން ދާނެ އެވެ.
އިރު އަރާ އޮއްސޭ މަންޒަރު ބަލަން ދިއުން!
އެކުގައި ވަގުތު ހޭދަކުރުމުގެ ގޮތުން މި ފަދަކަމެއް ކޮށްލުމަކީވެސް ސަޅި ކަމެކެވެ. އިރު އަރާ ވަގުތަކީ އާ ދުވަހެއްގެ ފެށުމެވެ. އާ އުއްމީދުތަކެއް ހާސިލް ކުރަން މަސައްކަތް ކުރަންވީ ވަގުތެވެ. މިފަދަ ކަމެއް ބައިވެރިޔާ ހިއްސާކޮށް ވަގުތުކޮޅެއް ހޭދަ ކޮށްލުމުން ދެމީހުންގެ މުސްތަގުބަލަށް މަސައްކަތް ކުރަން އަޒުމް ކަނޑައެޅިދާނެ އެވެ. ހަމަ މި ފަދައިން އިރު އިރުއޮއްސުމުން، ހަމަ އެ ދުވަސް ނިމިއްޖެކަމާއި ދަތި އުނދަގޫ ކަމެއް ހިނގައިފިނަމަ އެކަމައްގެ ނިމުން ފާހަގަކޮށް އެކީގައި ކުރިއަށް ދާން މަސައްކަތް ކުރެވިދާނެ އެވެ.
އަތުގުޅުވައިގެން ހިނގާލުން!
ސާދަވިލޭރެއްގައި ގޮނޑުދޮށުގައި އަތުގުޅުވާލައިގެން ހިންގާލަން ވެސް ދެވިދާނެ އެވެ. ވަރުބަލިވެފައި ތިއްބަސް ދެމީހުން އެކީ ވަގުތު ހޭދަ ކުރަން މި ކަހަލަ ސިމްޕްލް ކަމެއް ކޮށްލުމުން ގުޅުން ބަދަހިވެ ލޯބި އިތުރުވެގެންދާނެ އެވެ.