ވިޔަފާރި

"ލަކީ ހިޔާ ކޮންޑެމީނިއަމް" މާދަމާ ވިއްކަން ފަށަނީ

ހުޅުމާލެ ފޭސް ދޭއް ގައި ލަކީހިޔާ ކޮންސްޓްރަކްޝަން އިން އިމާރާތް ކުރާ 281 ހައުސިން ޔުނިޓް "ލަކީހިޔާ ކޮންޑަމީނިއަމް" މާދަމާ ވިއްކަން ފަށަން ނިންމައިފި އެވެ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ލަކީހިޔާ އަށް ހަވާލުކުރި ބިމުގައި ހަދާ "ލަކީ ހިޔާ ކޮންޑަމީނިއަމް" ގެ މަސައްކަތް ފަށާނީ މާދަމާ ހެނދުނު މާބުލްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މމި މަޝްރޫއު މާދަމާ އިފްތިތާހުކުރުމަށްފަހު ހޯމަ ދުވަހު ފްލެޓަށް ބުކިން ހެއްދުން ވެސް މާބުލް ހޮޓެލްގައި ކުރި އަށް ގެންދާނެ އެވެ.

ލަކީހިޔާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ވަހީދު ވިދާޅުވީ މި އިމާރާތް އަޅަނީ ވަކި އަދަދެއްގެ ފްލެޓް ވިއްކާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަކި އަދަދެއްގެ ފްލެޓް ވިއްކާނަން 20 ޕަސެންޓް ޑިސްކައުންޓްގައި. މިއީ ވަރަށް ރަނގަޅު ފުރުސަތެއް. އަދި އެ ފްލެޓްތައް ވެގެން ދާނީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ލިބޭ ސެމީ ލަގްޒަރީ އަދި ލަގްޒަރީ ފްލެޓްތަކަށް،" ހަސަން ވަހީދު ވިދާޅުވި އެވެ.

ލަކީހިޔާ ކޮންޑެމީނިއަލް" އަކީ 15 ބު"ރީގެ އިމާރާތެއް އެވެ. މި ތަނުގައި 22 ވައްތަރެއްގެ ފްލެޓް ހުންނާނެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ އެޕާޓްމެންޓުން ފެށިގެން ތިން ކޮޓަރީގެ އެޕާޓްމެންޓް އަދި ޕެންޓް ހައުސް ވެސް ހިމެނޭ އެވެ. ފްލެޓްތަކުގެ އަގުތައް އުޅެނީ އެއް މިލިއަން ރުފިޔާ އިން ފެށިގެން ފަސް މިލިއަން ރުފިޔާއާ ދެމެދު އެވެ.

މިއީ ވަރަށް ރަނގަޅު ފުރުސަތެއް. އަދި އެ ފްލެޓްތައް ވެގެން ދާނީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ލިބޭ ސެމީ ލަގްޒަރީ އަދި ލަގްޒަރީ ފްލެޓްތަކެއް
ހަސަން ވަހީދު | ލަކީހިޔާ އެމްޑީ

ފްލެޓްތައް ގަތުމަށްޓަކައި ބުކިން ފީގެ ގޮތުގައި ދައްކަން ޖެހެނީ 50،000 ރުފިޔާ އެވެ. ފްލެޓްތައް ބުކްކުރުމަށް ފަހު އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރެވޭނެ އެވެ. މި ފްލެޓްތައް ބޭންކްތަކާއި ލީސިން ކުންފުނިތައް މެދުވެރިކޮށް ވެސް ގަނެވޭނެ އެވެ.