މަޝްހޫރު "ލަކްސް" ބްރޭންޑުގެ އާ ރިސޯޓު 67 ލަގްޒަރީ ޕެންޓް ހައުސް ވިލާއާއެކު އަންނަ އަންނަ މަހު ހުޅުވަން ނިންމައިފި އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން "ލަކްސް" ނޯތު މާލެ އެޓޯލް ރިސޯޓުގެ ނަމުގައި ތަރައްގީ ކުރަމުން ގެންދާ މި ރިސޯޓު ވެގެންދާނީ ޓޫރިޒަމަށް މުޅިންއާ ރަހައެއް ގެނެސްދޭނެ ޓޫރިޒަމް ޕްރޮޑަކްޓަކަށެވެ. މި ރިސޯޓުގެ އެންމެ ހާއްސަ އެއް ކަމަކީ އެންމެ މަތީ ފަންތީގެ ގިނަ ހިދުމަތްތައް ހިމެނޭ ގޮތަށް ތަރައްގީ ކޮށްފައިވާ ޕެންޓް ހައުސް އެވެ.
ސިންގަޕޫރުގެ ފަރުމާ ކުރުންތެރިއެއް ފަރުމާކޮށްފައިވާ ހަ އެކްޓަރުގެ މި ރިސޯޓުގައި ހިތްގައިމު ދޮންވެލި ގޮނޑުދޮށް ހަދާފައިވަނީ އެ ރަށުގައި ޗުއްޓީ ހޭދަކުރަން އަންނަ މީހަކަށް އެންމެ ފުރިހަމަ ހިދުމަތް ލިބޭ ގޮތަކަށެވެ.
މިރަށުގައި ހަދާފައިވާ ޕެންޓް ހައުސްތައް ފަރުމާކޮށްފައިވަނީ ތަނަވަސްވާ ގޮތަށް ބޮޑު ލިވިން އޭރިއާއެއް ވެސް ހިމެނޭ ގޮތަކަށެވެ. ދެ ބުރިއަށްވާ ގޮތަށް ހަދާފައިވާ މި އިމާރާތްތަކުގެ ކޮންމެ އިމާރާތެއްގައި ވެސް ޕްރައިވެޓް ޕޫލްއާއެކު ޓެރަސްއެއްވެސް ހުރެ އެވެ.
ރިސޯޓު ހުޅުވުމުގެ ގޮތުން މިހާރު ވަނީ އެ ރިސޯޓުގެ އެންމެ އިސްމ މަގާމު ކަމަށްވާ ޖެނެރަލް މެނޭޖަރަކަށް ވެސް ބޭފުޅަކު އައްޔަން ކޮށްފަ އެވެ. މި މަގާމަށް ހޮވާފައިވަނީ ޓޫރިޒަމް ދާއިރާގެ 30 އަހަރުގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ރޮޖާ އެވެ.
ކ. އޮޅުހެލި އައިލެންޑުގައި ތަރައްގީ ކޮށްފައިވާ "ލަކްސް" ގެ މި ރިސޯޓު ހުޅުވުން ކުލަގަދަކޮށް ގެންދަން ވަނީ ނިންމާފަ އެވެ. އެގޮތުން މި ރަސްމިއްޔާތު ހަތަރު ދުވަހަށް ދިގުދެމިގެންދާނެ އެވެ.
"ލަކްސް" ކުންފުނިން ރާއްޖޭގައި މިހާރު ވެސް ދިއްދޫފިނޮޅުގައި ރިސޯޓެއް ހިންގަމުންދެ އެވެ.