ތެލުގެ އަގު

ޑީސަލް ލިޓަރަކުން ދެ ރުފިޔާ، ޕެޓްރޯލުން އެއް ރުފިޔާ ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ޑީސަލް ލިޓަރަކުން ދެ ރުފިޔާ އަދި ޕެޓްރޯލް ލިޓަރަކުން އެއް ރުފިޔާ މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނިން ބުނީ ތެލުގެ އަގަށް މި ގެނައި ބަދަލާއެކު، މީގެ ފަހުން ޑީސަލް ލިޓަރެއް 9.99ރ. އަށް ވިއްކާއިރު، ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.19ރ. އަށް ކަމަށެވެ.

މިއީ އެސްޓީއޯއިން މި ފަހުގެ ތާރީހުގައި ތެލުގެ އަގު އެންމެ ބޮޑަށް ހެޔޮ ކުރި ފަހަރެވެ. އަދި މިއީ މި އަހަރު ތެލުގެ އަގަށް ގެނައި ފުރަތަމަ ބަދަލެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ، މިދިޔަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު އެވެ އެ ދުވަހުން ފެށިގެން ރާއްޖޭގައި ތެޔޮ ވިއްކަމުން އައީ ޑީސަލް ލިޓަރެއް ވިއްކަމުން އައީ 11.99ރ. އަށް އަދި ޕެޓްރޯލް ލިޓަރެއް 11.19ރ. އަށެވެ.

ދުނިޔޭގެ ބާޒާރުގައި މިހާރު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 70 ޑޮލަރަށެވެ.