ގްލޯބަލް ބޭންކިން އެންޑް ފައިނޭންސް އެވޯޑްސް 2018 އިގެ، "ބެސްޓް އިންވެސްޓާ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސް" ގެ މަގާމު އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.
މި އެވޯޑާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ މިއީ އެ ކުންފުންޏަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ޝަރަފުވެރި އެވޯޑާއެކު، އިންވެސްޓަރުންނާއި ކުންފުންޏާ ދެމެދު ކުރާ މުއާމަލާތްތައް ފުރިހަމަ ކުރުމަށް އަޅުގަނޑުމެންގެ އިންވެސްޓާ ރިލޭޝަންސް ޓީމު ކުރަމުންދާ އީޖާބީ މަސައްކަތްތައް ބަލައިގަނެވިފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިގޮތުން، އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ފަރާތުން އަބަދުމެ ލިބެމުންދާ ހިތްވަރާއި އިތުބާރުގެ އަގު ވަޒަންކޮށް، މި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ނަޖީބް ވިދާޅުވި އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިން ގަވާއިދުގައިވާ ގޮތުގެ މަތިން، އުރީދޫ މޯލްޑިވްސްގެ ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓު ކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހު، ރާއްޖޭގައި މި ހާތަނަށް ބާއްވާފައިވާ އެންމެ ކާމިޔާބު އައިޕީއޯ އަށް ފަހު އެވެ.
އުރީދޫ މޯލްޑިވްސްގެ އައިޕީއޯގައި 14,045,260 ހިއްސާ 8257 ޙިއްޞާދާރުންނަށް ވިއްކުމަށްފަހު ޖުމްލަ 421,357,800 ރުފިޔާ ހޯދާފައިވާއިރު، ވިއްކާފައިވާ ހިއްސާއަކީ ކުންފުނީގެ ދޫކޮށްފައިވާ ޙިއްޞާގެ 9.5 ޕަސެންޓް އެވެ. އައިޕީއޯގައި ރާއްޖޭގެ ގިނަ ޙިއްޞާދާރުންގެ ބައިވެރިވެފައިވާއިރު،8,257 ޙިއްޞާދާރުންގެ ތެރެއިން 6،000 ހިއްސާދާރުންނަކީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި އަލަށް ބައިވެރިވި ފަރާތްތައްކަމުގައިވުމީ ވެސް އުރީދޫ އާއި ރާއްޖޭގެ ހިއްސާގެ ބާޒާރަށް ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީ އެކެވެ. މި ކުރިއެރުމާއެކު، އުރީދޫ މޯލްޑިވްސް ވެގެންދިޔައީ ރާއްޖޭގައި ލިސްޓް ކުރެވިފައިވާ އެންމެ ބޮޑު އެއް ލިސްޓެޑް ކުންފުނީގެ އިތުރުން، އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކުންފުންޏަށެވެ.
މި ޝަރަފުވެރި އެވޯޑާއެކު، އިންވެސްޓަރުންނާއި ކުންފުންޏާ ދެމެދު ކުރާ މުއާމަލާތްތައް ފުރިހަމަކުރުމަށް އަޅުގަނޑުމެންގެ އިންވެސްޓާ ރިލޭޝަންސް ޓީމު ކުރަމުންދާ އީޖާދީ މަސައްކަތްތައް ބަލައިގަނެވިފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަންނަޖީބު ހާން| އުރީދޫ މޯލްޑިވްސް
މި އެވޯޑާ ބެހޭ ގޮތުން އުރީދޫ މޯލްޑިވްސްގެ ބޯޑް މެންބަރު ދީނާ ހުސެއިން ވިދާޅުވީ އެވޯޑު ލިބުމުގައި އުރީދޫގެ މލްކިއްޔާތު މުޅިރާއްޖެ އަށް ބަހައިލަން ކުރި މަސައްކަތް މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.
"އުރީދޫ މޯލްޑިވްސްގެ މުވައްޒަފުންގެ މިންނަތް މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން، 8،000 އަށް ވުރެ ގިނަ އިންވެސްޓަރުންނާއެކު، އުރީދޫ ވެގެންދިޔައީ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓާ ކޮށްފައިވާ އެންމެ ބޮޑު ޝެއާ ހޯލްޑާ ބޭސް ހިމެނޭ ކުންފުންޏަށް. އަޅުގަނޑުމެންގެ އައިޕީއޯގެ ކާމިޔާބީ ވަނީ މި ކުންފުންޏާއި އުރީދޫ ބްރޭންޑާ މެދު ދިވެހި ރައްޔިތުންގެ ހިތުގައިވާ އިތުބާރު ދައްކުވައިދީފައި. އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް، އުރީދޫގެ ހިއްސާދާރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް، އަޅުގަނޑުމެން އަބަދުމެ ޝުކުރު އަދާކުރަން." ވިދާޅުވި އެވެ.
އައިޕީއޯ ތެރޭގައި ގާއިމްކޮށްފައިވާ ހާއްސަޑިސްޓްރިބިއުޝަން ސްޓްރެޓެޖީގެ ތެރޭގައި އިންވެސްޓަރުންނާ ވަކިން ބައްދަލުކުރުމާއި، މާލެއާއި އަތޮޅުތަކުގެ ތެރޭގައި ރޯޑްޝޯތަކާއި ޓައުންހޯލްތައް ބޭއްވުމާއި، އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި މަތީ ތަޢުލީމު ޙާޞިލް ކުރައްވާ ކުދިންނާއި، އެހެނިހެން ރީޓެއިލް އިންވެސްޓަރުންނަށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް އުރީދޫ އިން ހުޅުވާލި ފުރުސަތުގެ ބޭނުން ހިފޭނެ ފަރާތެއްކަން ޔަގީން ކުރުމުގެ ނިޔަތާއެކު، އުރީދޫ އިން ވަނީ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ތަކުގެ އިތުރުން، އުރީދޫ ބިޒްނަސް ޕާޓްނަރު ފިހާރަތަކާއި، ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ގޮފިތަކާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ގޮފިތައް، އަދި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތައް ހިމެނޭ، ވަރަށް ފުޅާ ޑިސްޓްރިބިއުޝަން ނެޓްވަރކް އެއްވެސް ގާއިމް ކުރި އެވެ.