އޮފްބީޓް

އިންސްޓަގްރާމްގައި ކައިލީގެ ރިކޯޑް މުގުރާލީ "ބިހެއް"

އާދިއްތަ ދުވަހު މުޅި ސޯޝަލް މީޑިއާގައި ފެތުރުނީ ބިހެއްގެ ފޮޓޯ އެވެ. މި ބިހަކީ 22 މިލިއަން ލައިކްސް އާއެކު އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކްސް ލިބުނު، ކައިލީ ޖެނާގެ ދަރިފުޅުގެ ފޮޓޯ މުގުރާލި ބިހުގެ ފޮޓޯ އެވެ.

"އެގްސް ގޭންގް އެކައުންޓް" އިން މި ބިހުގެ ފޮޓޯ އަޕްލޯޑް ކުރުމަށްފަހު އެކައުންޓުގައި ޖަހާފައި ވަނީ "ކައިލީގެ 18 މިލިއަން ލައިކްސްގެ ފޮޓޯ ވައްޓާލަން މި ފޮޓޯ އަށް ލައިކްދޭށޭ" އެވެ. އާދިއްތަ ދުވަހުގެ ހެނދުނު މި ފޮޓޯ އަށް ލިބިފައިހުރީ ނުވަ މިލިއަން ލައިކްސް އެވެ. އަދި އެ ފޮޓޯ ވައިރަލްވެ، ގަޑިއިރެއް ތެރޭ މިލިއަނުން ލައިކްސް ހޯދި އެވެ. މިއަދު ހެނދުނު ބިހުގެ ފޮޓޯ އަށް 22 މިލިއަން ލައިކްސް ލިބި ދުނިޔޭގެ ރެކޯޑު މުގުރާލައިފި އެވެ.

ބިހުގެ ފޮޓޯ އެންމެ ފުރަތަމަ ހިއްސާކުރި އެކައުންޓު

މި ބިހުގެ ފޮޓޯ އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކްސް ލިބުނު ފޮޓޯގެ ރަންވަނަ ހާސިލް ކުރުމުގެ ކުރިން އެ މަގާމުގައި އިނީ ކައިލީ އާއި އޭނާގެ ދަރިފުޅުގެ ފޮޓޯ އެވެ. ކައިލީގެ މި ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކުރީ، އޭނާގެ ދަރިފުޅުގެ ނަން، ސްޓޯމީ ވެބްސްޓާގެ ގޮތުގައި އޭނާގެ ފޭނުންނަށް އިއުލާން ކުރަމުންނެވެ. ބިހުގެ ފޮޓޯ އަށް އެހާ ގިނަ ލައިކްސް ލިބުމުން ކައިލީ ވަނީ އޭނާ ބަލި ގަބޫލު ކުރި ކަމަށް ބުނެ އިންސްޓަގްރާމަށް "ބިހެއް ތަޅާލާ" ވީޑިއޯ އެއްވެސް ހިއްސާކޮށްފަ އެވެ.

ބިހެއްގެ ފޮޓޯއަކުން ދުނިޔޭގެ އެންމެ މުއްސަނދި އެއްތަރި، ކާޑޭޝިއަން އާއިލާގެ ކައިލީ ޖެނާގެ ފޮޓޯ މުގުރާލުން މިއީ ކައިލީއަށް ކުރި މަލާމާތެކެވެ.